ގެވެށި އަނިޔާގެ ޝިކާރަކަށްވާ މީހުން ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ކަނޑައަޅައި ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައިފި
ގެވެށި އަނިޔާގެ ޝިކާރަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ކަނޑައަޅައި އެތަންތަނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީއިން ފަށައިފިއެވެ. "ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު"، ޤާނޫނު ނަމްބަރު (2012/3)ގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ބިނާކުރުމާއި އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި، ހަމަތަކާއި، އުޞޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓަރ ކުރުމުގެ މަސައްކަތްތައް ކުރުމަށް ބަޔާންކޮށްފައިވެއެވެ. ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކުގެ…
”ލޯންޗިންގ އޮފް ޑިޖިޓަލް ޕޯޓަލް އެންޑިންގ ސެކްޝުއަލް އެބިއުސް އެންޑް ޑޮމެސްޓިކް ވަޔަލެންސް” އިވެންޓުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންފި

“ވަރޗުއަލް މީޓިންގ އޮފް ކޮމަންވެލްތު މިނިސްޓަރސް ފޮރ ވިމެންސް އެފެއާޒް އެންޑް ޖެންޑަރ އެންޑް ޑެވެލޮޕްމަންޓް އޮން ކޮވިޑް-19″ގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންފި

ގެވެށި އަނިޔާ ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން އެފް.ސީ.އެސް.ސީތަކަށް އަމާޒުކޮށްގެން ވަރޗުއަލް ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފި

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ބައްދަލުވުމެއް ބާއްވައިފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޟައުފިޝާން ޢަބްދުﷲ ކަމާލުއްދީން އައްޔަންކުރައްވައިފި
