
މުޙައްމަދު ރަޝީދު
ޑިރެކްޓަރ ޖެނެރަލް
ފޯން: 3027506
އީ-މެއިލް: mohamed.rasheed@gender.gov.mv
އަލްފާޟިލް މުޙައްމަދު ރަޝީދަކީ 23 ޑިސެމްބަރ 2012 ން ފެށިގެން މިނިސްޓްރީގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ މިމިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން ޑިވިޜަން ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މުޙައްމަދު ރަޝީދުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ކުރުމާއި، އޮފީސް އިމާރާތް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި އޮފީހުގެ މަރާމަތްތަކާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އޮފީހުގެ ސްޓޮކް މެނޭޖްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނެއެވެ.

އާމިނަތު ޝިރާނީ ނަޢީމް
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
ފޯން: 3027611
އީ-މެއިލް: shirani@gender.gov.mv
އަލްފާޟިލާ އާމިނަތު ޝިރާނީ ނަޢީމް އަކީ 01 ޖުލައި 1997 ން ފެށިގެން މިމިނިސްޓްރީގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ މިމިނިސްޓްރީގެ ސޯޝަލް ސާރވިސް ޑިޕާރޓްމަންޓް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. އާމިނަތު ޝިރާނީ ނަޢީމްގެ މައިގަނޑު މަސައްކަތުގެ ތެރޭގައި، މިނިސްޓްރީގެ ހޮޓްލައިންއާއި ޗައިލްޑް ހެލްޕްލައިންގެ އިތުރުން އެފް.ސީ.އެސް.ސީތަކާއި އަދި އެހެނިހެން އިދާރާތައް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހެޅޭ އެއްމެހާ މައްސަލަތަކަށް އެޓެންޑްކޮށް އެކްޝަން ޕްލޭންތައް ހެދުމާއި، އެކި ބާވަތުގެ ހާއްނިކައިގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސޯޝަލް ވޯކަރުންނަށް ލަފަޔާއި އިރުޝަދުދިނުން ހިމެނެއެވެ.

އަކްރަމް ހުސައިން
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
ފޯން: 3027509
އީ-މެއިލް: akram@gender.gov.mv
އަލްފާޟިލް އަކްރަމް ހުސައިން އަކީ 17 ޖަނަވަރީ 2018 ން ފެށިގެން މިމިނިސްޓްރީގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ މިމިނިސްޓްރީގެ ސޯޝަލް ސާރވިސް ޑިޕާރޓްމަންޓް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. އަކްރަމް ހުސައިންގެ މައިގަނޑު މަސައްކަތުގެ ތެރޭގައި، މިނިސްޓްރީގެ ހޮޓްލައިންއާއި ޗައިލްޑް ހެލްޕްލައިންގެ އިތުރުން އެފް.ސީ.އެސް.ސީތަކާއި އަދި އެހެނިހެން އިދާރާތައް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހެޅޭ އެއްމެހާ މައްސަލަތަކަށް އެޓެންޑްކޮށް އެކްޝަން ޕްލޭންތައް ހެދުމާއި، އެކި ބާވަތުގެ ހާއްނިކައިގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސޯޝަލް ވޯކަރުންނަށް ލަފަޔާއި އިރުޝަދުދިނުން ހިމެނެއެވެ.

މަރްޔަމް ސިދްމީން
ޑިރެކްޓަރ
ފޯން: 3027534
އީ-މެއިލް: sidhmeen@gender.gov.mv
އަލްފާޟިލާ މަރްޔަމް ސިދްމީން އަކީ 18 ޖުލައި 1995 ން ފެށިގެން މިމިނިސްޓްރީގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ މިމިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ، މޮނިޓަރިންގ އެންޑް ރިސަރޗް ސެކްޝަން ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މަރްޔަމް ސިދްމީންގެ މައިގަނޑު މަސައްކަތުގެ ތެރޭގައި، މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކާއި މަރުކަޒުތަކާ ގުޅުންހުރި ޕޮލިސީ، ޕްލޭނިންގ، މޮނިޓަރިންގ އަދި ރިސަރޗްއާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ހިންގާ ބެލެހެއްޓުން ހިމެނެއެވެ.

އުނައިޒާ ހަބީބް
ޑިރެކްޓަރ
ފޯން: 3027521
އީ-މެއިލް: unaiza@gender.gov.mv
އަލްފާޟިލާ އުނައިޒާ ހަބީބް އަކީ 22 އޭޕްރިލް 1997 ން ފެށިގެން މިމިނިސްޓްރީގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ މިމިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓްރެއިނިންގ ޑިވިޜަން ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. އުނައިޒާ ހަބީބްގެ މައިގަނޑު މަސައްކަތުގެ ތެރޭގައތެރޭގައި މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކާއި މަރުކަޒުތަކުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްތައް ކުރުމާއި، މުވައްޒަފުންގެ މަސައްކަތްތަކުގެ ފެންވަރު ބެލުމާއި، މުވައްޒަފުންނާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ނިންމުމާއި، ހަމަޖެހިފައިވާ އުޞޫލުގެ ދަށުން މުވައްޒަފުންގެ ޗުއްޓީ، އަދި މުސާރަ އާއި އިނާޔަތްތައް ދިނުން ހިމެނެއެވެ.

އަހުމަދު އިމާދް
ޑިރެކްޓަރ
ފޯން: 3027545
އީ-މެއިލް: imad@gender.gov.mv
އަލްފާޟިލް އަހުމަދު އިމާދްއަކީ 11 ފެބްރުއަރީ 2015 ން ފެށިގެން މިމިނިސްޓްރީގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ މިމިނިސްޓްރީގެ އިންސްޓިޓުޝަންސް މެނޭޖްމަންޓް އެންޑް ކޯރޑިނޭޝަން ޑިވިޝަން ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. އަހުމަދު އިމާދްގެ މައިގަނޑު މަސައްކަތުގެ ތެރޭގައި، ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީގެ ދަށުން ޤާއިމްކޮށްފައިވާ މަރުކަޒުތައްކަމުގައިވާ ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް ބޭނުންވާ އިދާރީ އަދި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، މި މަރުކަޒުތަކުގެ ތިބޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދްމަތްތައް ފޯރުކޮށްދީ އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނެއެވެ.

ޙައްވާ އަހުމަދު
އެސިސްޓެންޓް ޑިރެކްޓަރ
ފޯން: 3027536
އީ-މެއިލް: hawwa@gender.gov.mv
އަލްފާޟިލާ ޙައްވާ އަހުމަދު އަކީ 13 އޮކްޓޯބަރ 2015 ން ފެށިގެން މިމިނިސްޓްރީގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ މިމިނިސްޓްރީގެ ޕްރޮކިއުމަންޓް ޑިވިޜަން ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. ޙައްވާ އަހުމަދުގެ މައިގަނޑު މަސައްކަތުގެ ތެރޭގައި މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކާއި މަރުކަޒުތަކަށް ހޯދަންޖެހޭ ތަކެއްޗާއި ޙިދުމަތްތައް ހޯދުމާއި، މެއިންޓެއިނަންސްއާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން ހިމެނެއެވެ.

އައިޝަތު ޝިޔާނާ
އެސިސްޓެންޓް ޑިރެކްޓަރ
ފޯން: 3027600
އީ-މެއިލް: siyaana@gender.gov.mv
އަލްފާޟިލާ އައިޝަތު ޝިޔާނާ އަކީ 05 އޭޕްރީލް 2016 ން ފެށިގެން މިމިނިސްޓްރީގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ މިމިނިސްޓްރީގެ ޑިސްއެބިލިޓީ ރައިޓްސް އެންޑް ވެލްބީންގ ޑިވިޝަން ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. އައިޝަތު ޝިޔާނާގެ މައިގަނޑު މަސައްކަތުގެ ތެރޭގައި، ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމާއި، އެފަރާތްތަކުގެ ދުޅަހެޔޮކަން އިތުރުކުރުމާއި، ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަތުމާއި ހަމަހަމަކަން ޤާއިމްކުރުމާއި ތަފާތުކުރުންތައް ނައްތާލުމާއި، ހުރިހާ ކުދިން ޝަމިލުކޮށްގެން ކިޔަވާދިނުމާއި، ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނެއެވެ.