ދުނިޔޭގެ ތިމާވެށިދުވަހުގެ މުނާސަބަތުގައި އަތޮޅުތަކުގެ ފެމެލީ ސެންޓަރުތަކުން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވެއްޖެ.

ޤައުމީ ފެންވަރުގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 5 ޖޫން 2024 ވީ ބުދަ ދުވަހު ހެނދުނު މާލޭ ލޮނުޒިޔާރަތް ޕާކުގައި އިފްތިތާޙު ކޮށްދެއްވާފައެވެ. މި ޚާއްސަ ޙަފްލާގެ ތެރޭގައި މި މަޝްރޫޢުއަށް ޚާއްސަ ނިޝާނެއްވެސް ރައީސުލް ޖުމުހުރިއްރާ ވަނީ އިފްތިތާޙު ކޮށްދެއްވާފައެވެ. މާލޭ ލޮނުޒިޔާރާތް ޕާކުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސުލް ޖުމުހޫރިއްޔާގެ ދެކަނބަލުންނާއި ނައިބު ރައީސްގެ ދެކަނބަލުންނާއި، މި ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްގެ އިތުރުން ސަރުކާރުގެ އެހެނިހެން ކެބިނެޓުގެ ވަޒީރުންނާއި އެހެނިހެން އިސް ވެރިން އެޕާކުގެ އެކި ހިސާބުތަކުގައި އެކި ތަފާތު ވައްތަރުތަކުގެ ގަސް އިންދަވާފައި ވެއެވެ.

އަތޮޅުތަކުގެ ކަމާއި ބެހޭ އިދާރާތަކުން އިސްނަގައިގެން “ހިކި ހަނަފަސްކަމުން އަރައިގަނެ ވިލުންވެރިވުމަށް ބިމުގެ އާރޯކަން އަލުން އިއާދަކުރުން” މި ޝިޢާރުގައި މިއަހަރު ފާހަކުރެވޭ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ހިންގި ގަސް އިންދުމުގެ މަޝްރޫޢުގައި ވަނީ ގިނަ އަތޮޅުތަކެއްގެ ފެމެލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރުތަކުންވެސް ބައިވެރިވެފައެވެ.

ރައީސުލް ޖުމުހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުގައިވާ 5 އަހަރުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމުގެ އެންމެ މުހިންމު މަޤްސަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ދިވެހިރާއްޖޭގެ ވީއްލުންތެރިކަން އިތުރުކުރުމެވެ. މި މަސައްކަތުގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާއި، މޭވާ އަޅާ ގަސްގަހާއި، ހިޔާ ލިބޭ ގަސްގަހުގެ އިތުރުން ދިވެހި ބޭސްވެރިކަމަށް ބޭނުންކުރެވޭ ގަސްގަހާގެހި އިންދުމަށްވަނީ ހަމަޖެހިފައެވެ.

06 ޖޫން 2024

29 ޛުލްގައިދާ 1445