ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރސް

ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް 19 އަތޮޅުގައި ވަނީ ގާއިމްކުރެވިފައެވެ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް ގާއިމްކުރެވިފައިވަނީ ޚާއްސަ ރާއްކާތެރިކަން ބޭނުންވާ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުންދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރައްކާތެރިކަމާއި އެހީތެރިކަން އަތޮޅު ފެންވަރުގައި ފޯރުކޮށްދިނުމަށެވެ.

މެންޑޭޓް

ފެމިލީ އެންޑް ޗިލްޑްރަން ސާރވީސް ސެންޓަރުތަކުގެ މަސައްކަތްތައް

  1. އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަތޮޅުގައި ޤާއިމްކުރާ ނިޒާމުގެދަށުން ރަށުފެންވަރުގައި ދެވޭ ޚިދުމަތްތައް ބަލައި، މޮނިޓަރކުރުމާއި، އެފަދަ ތަންތަން ހިންގަން ހެދިފައިވާ ގަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ހިނގާތޯ ބެލުން.
  2.  ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާގުޅޭ ގޮތުން ކުރެވޭ ކަންތައްތަކުގެ ތަފާސް ހިސާބުތަކުގެ ޑޭޓާބޭސްއެއް އަތޮޅު އަތޮޅު ފެންވަރުގައި ޤާއިމުކޮށް ބަލަހައްޓައި، އެކަން ހިނގާ ނުހިނގާގޮތް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ގަވާއިދުން ރިޕޯޓްކުރުން.
  3. އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީމީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤަށް އުނިކަމެއް ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި ނަފްސާނީ އަދި އިޖުތިމާޢީ ޚިދުމަތް ލިބޭނެ ގޮތް މަގުފަހިކޮށްދިނުން.
  4. އެކިބާވަތުގެ ހާނިއްކަ ލިބިފައިވާ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްދިނުމަށްޓަކައި މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަގުޅޭ އެހެން ދާއިރާތަކުން މަސައްކަތްކުރާ މިންވަރު އަތޮޅު ފެންވަރުގައި ބަލައި ވިލަރެސްކުރުމާއި، އެމަސައްކަތުގެ ރިޕޯޓް ގަވާއިދުން މިނިސްޓްރީ އަށް ހުށަހެޅުން.
  5. އަންހެނުންނަށް އިހާނެތިކޮށް ހިތުމާއި އަނިޔާވެރިވުންފަދަ ނޭދެވޭ އަމަލުތައް ނައްތާލުމަށް އެކަށައެޅޭ ޝަރުޢީ އަދި ޤާނޫނީ އޮނިގަނޑު އަތޮޅު ފެންވަރުގައި ހިންގުމަށް އެހީތެރިވުން.
  6. ޢާއިލީ ގުޅުމަށް ނޭދެވޭ އަސަރުތައް ކުރާނެފަދަ ކަންކަން ނައްތާލުމަށް ހެދިފައިވާ އުޞޫލުތަކާއި ޤާނޫނުތައް އަތޮޅު ފެންވަރުގައި ތަންފީޒުކުރުމަށް ލަފާދީ ކަމާބެހޭ ދާއިރާތަކުން ސަމާލުކަމަށް މިކަންކަން ގެނައުމަށް މަސައްކަތްކުރުން.
  7. އަތޮޅުގެ ތަރައްޤީގެ ކަންކަމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާބެހޭ ގޮތުންނާއި، ދެޖިންސުގެ މީހުންގެ ހަމަހަމަކަން ޤާއިމުކުރުމާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން.
  8. އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް ހިންގުމަށް އެހީތެރިވުން.
  9. އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މި ފަރާތްތައް ބާރުވެރިކުރުމަށް ރަށުފެންވަރުގައާއި އަތޮޅު ފެންވަރުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  10. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ދެމުންގެންދާ ޚިދުމަތްތައް ލާމަރުކަޒީ އުޞޫދުން ދިނުމަށްޓަކައި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކުން މިނިސްޓްރީން ފޯރުކޮށްދެމުންދާ ޚިދުމަތްތައް އަތޮޅުތަކުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން.

އެފް.ސީ.އެސް.ސީގެ އޮނިގަނޑު

އެފް.ސީ.އެސް.ސީތަކުގެ މަސައްކަތްތަކާއި މުވައްޒަފުން

 

 

ގުޅުއްވުމަށް