ކައުންސިލްތައް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް

މިއީ ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކައުންސިލްއެކެވެ. އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކައުންސިލް ޖަވާބުދާރީވާނީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީއަށެވެ. މި ކައުންސިލްގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާގުޅޭގޮތުން އެކަށައަޅާ ސިޔާސަތުތައް ތަންފީޛުވަމުންދާ މިންވަރު ބަލާ، އެކަންކަން ހިންގުވުމެވެ.

ކައުންސިލްގެ މެމްބަރުންނަކީ:

# ނަން މަޤާމް
1 އަލްފާޟިލް އަޙްމަދު އާތިފް ކައުންސިލްގެ ރައީސް
2 އަލްފާޟިލް އަޙްމަދު މުޙައްމަދު ކައުންސިލްގެ ނައިބު ރައީސް
3 އަލްފާޟިލް މުޙައްމަދު މާޒިން ކައުންސިލް މެމްބަރ
4 ޑރ.އަޙްމަދު ޒިޔާން ކައުންސިލް މެމްބަރ
5 އަލްފާޟިލް އަޙްމަދު ޝަމްވީލް ކައުންސިލް މެމްބަރ
6 އަލްފާޟިލާ ސަމްހާ ނަސީރު ކައުންސިލް މެމްބަރ
7 އަލްފާޟިލާ އިފްހާމް ހުސައިން ކައުންސިލް މެމްބަރ
ކައުންސިލް ފޮރ އެކޮނޮމިކް އެމްޕަވަރމަންޓް އޮފް ވިމެން (ސީވް)

މިއީ އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ދިރާސާކުރުމާއި އެސިޔާސަތު ތަންފީޒުވަމުންދާ މިންވަރު ބަލާ، އެކަންކަން އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި 2014 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކައުންސިލްއެކެވެ. އަދި މި ކައުންސިލް ޖަވާބުދާރީވާނީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީއަށެވެ.

ކައުންސިލްގެ މެންބަރުންނަކީ:

ފޮސްޓަރ ޕެނަލް

މިއީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ޢާއިލާއެއްގެ ތެރޭގައި ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، އެކުދިން ބެލުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކުދިން ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި 2010 ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އެކުލަވާލާފައިވާ ޕެނަލްއެކެވެ.

ޕެނަލްގެ މެންބަރުންނަކީ:

1. އިފްހާމް ހުސައިން
2. އަކްރަމް ހުސައިން

 

ކޮމިޓީތައް

ޖެންޑަރ އީކުއަލިޓީގެ ޤާނޫނުގެ ދަށުން ހުށަހަޅާ ޝަކުވާތައް ބަލާ ކޮމިޓީ

މިއީ ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އީކުއަލިޓީގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ހުށަހަޅާ ޝަކުވާތައް ބަލާ ފިޔަވަޅު އެޅުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެވެ. މި ކޮމިޓީއަށް ޝަކުވާ ހުށަހެޅޭނެ ފަރާތްތަކުގެ ތެރޭގައި، މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި މަރުކަޒުތަކާއި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ މުވައްޒަފުންނާއި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކާއި ޚިދުމަތް ހޯދާ ފަރާތްތަކުގެ އިތުރުން، ވަޒީފާދޭ އެންމެހައި ފަރާތްތަކުގެ ތެރެއިން އެ އިދާރާއަކަށް ޝަކުވާ ހުށަހަޅައި، ވަޒީފާދޭ ފަރާތުން މައްސަލަ ބަލާފައިވާގޮތާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެ މައްސަލަ އަލުން ބަލަން ބޭނުންވާ ފަރާތްތައް ހިމެނެއެވެ.

މިޤާނޫނުގެ ދަށުން ޝަކުވާ ހުށަހަޅާނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ކައުންޓަރަށް ނުވަތަ complaints@gender.gov.mv އީމެއިލްއަށް، އެކަމަށް ޚާއްސަކޮށްފައިވާ ފޯމުންނެވެ. މިޤާނޫނުގެ ދަށުން ކޮމިޓީއަށް ހުށަހަޅާ ޝަކުވާތައް އެންމެ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބަލާ ނިންމަންވާނެއެވެ.

ކޮމިޓީގެ މެންބަރުންނަކީ:

  1. ފަޒްނާ ޝާކިރު، ސްޓޭޓް މިނިސްޓަރ
  2. އަކްރަމް ޙުސައިން، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
  3. ޢާއިޝަތު ސިޔާނާ، އެސިސްޓަންޓް ޑިރެކްޓަރ
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ

މި ކޮމިޓީއަކީ ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުގެ ޤާނޫނު) ގެ ދަށުން ހުށަހެޅޭ ޝަކުވާތައް ބަލާ ތަޙުޤީޤްކުރުމަށާއި ފިޔަވަޅު އެޅުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެކެވެ. މިޤާނޫނުގެ ދަށުން ކޮމިޓީއަށް ހުށަހަޅާ ޝަކުވާތައް އެންމެ ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ބަލާ ނިންމަންވާނެއެވެ. މިޤާނޫނުގެ ދަށުން ޝަކުވާ ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ކައުންޓަރަށް ނުވަތަ hr@gender.gov.mv އީމެއިލްއަށެވެ.

ކޮމިޓީގެ މެމެބަރުންނަކީ:

  1. ފާޠިމަތު ޔުމްނާ، ޑެޕިއުޓީ މިނިސްޓަރ
  2. މުނީޒާ އަފީފް، ސީނިއަރ ޕޮލިސީ ޑިރެކްޓަރ
  3. އާމިނަތު ރިޝްމީ އާމިރު، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
  4. ޢަބްދުﷲ އަޝްރަފް، ޑިރެކްޓަރ
  5. މަޙުފޫޡާ ވަހީދު، އެސިސްޓަންޓް ޑިރެކްޓަރ
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މުރާޖަޢާ ކޮމިޓީ

މި ކޮމިޓީއަކީ ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން، މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރުގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެފަދަ މައްސަލަތައް ހުށަހެޅުމުން، އެ މައްސަލައެއް ބަލާ މުރާޖަޢާކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއެވެ. 

ކޮމިޓީގެ މެންބަރުން:

  1. ޒިފްލީނާ ޙަސަން، ސްޓޭޓް މިނިސްޓަރ
  2. ޟައުފިޝާން ޢަބްދުﷲ ކަމާލުއްދީން، ޕަރމަނަންޓް ސެކްރެޓަރީ
  3. ޢަބްދުﷲ އަޝްރަފް، ޑިރެކްޓަރ
  4. ފާޠިމަތު އަޙްމަދު، އެސިސްޓަންޓް ޑިރެކްޓަރ
  5. އާމިނަތު ނިޝްރީން، އެސިސްޓަންޓް ޑިރެކްޓަރ (ސީ.އެފް.ޕީ.އެސް)
ޓްރަސްޓް ފަންޑް ކޮމިޓީ

މި ކޮމިޓީއަކީ، މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ކުޑަކުދިންގެ ހިޔާ، ފިޔަވަތި އަދި އަމާންހިޔާތަކަށް އެކި ފަރާތްތަކުން ދޭ ފައިސާގެ އެހީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން ޚަރަދުކުރާނެގޮތް ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެކެވެ.

 ކޮމިޓީގެ މެމްބަރުންނަކީ:

  1. ޟައުފިޝާން ޢަބްދުﷲ ކަމާލުއްދީން، ޕަރމަނަންޓް ސެކްރެޓަރީ
  2. ޢައިޝަތު ޝިފާނާ، ޑިރެކްޓަރ
  3. ޢައިޝަތު ނާޒް، ޑިރެކްޓަރ
  4. މުޙައްމަދު ޝަފީޤް، އެސިސްޓަންޓް ޑިރެކްޓަރ (ފިޔަވަތި)
  5. ޙައްވާ އަޙްމަދު، އެސިސްޓަންޓް ޑިރެކްޓަރ
  6. ޢަލީ ޝަހީމް، އެސިސްޓަންޓް ޑިރެކްޓަރ (ސީ.އެފް.ޕީ.އެސް)
  7. މަރިޔަމް ސަޢީދާ، އެސިސްޓަންޓް ޕަބްލިކް އެކައުންޓް އެގްޒެކެޓިވް (މިނިސްޓްރީ އޮފް ފިނޭންސް)
ބިޑް ކޮމިޓީ

މި ކޮމިޓީއަކީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައިވާގޮތުގެ މަތިން މިނިސްޓްރީ އާއި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކާއި މިނިސްޓްރީގެ ދަށުން ޤާއިމްކޮށްފައިވާ މަރުކަޒުތަކަށް ބޭނުންވާ ތަކެއްޗާއި ޚިދްމަތްތައް ހޯދުމަށްޓަކައި ހުށަހަޅާ އަންދާސީހިސާބުތައް ބަލާ، މަސައްކަތް ޙަވާލުކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޤާއިމްކޮށްފައިވާ ކޮމިޓީއެކެވެ.

ކޮމިޓީގެ މެމެބަރުންނަކީ:

  1. ޟައުފިޝާން ޢަބްދުﷲ ކަމާލުއްދީން، ޕަރމަނަންޓް ސެކްރެޓަރީ
  2. އަޙްމަދު ޢިމާދު، ޑިރެކްޓަރ
  3. އާމިނަތު މުޙައްމަދު، ޑެޕިއުޓީ ޑިރެކްޓަރ
  4. ފާޠިމަތު ޒިޔާދާ، އެސިސްޓަންޓް ޑިރެކްޓަރ
  5. ހަބީބާ ޙަސަން، އެސިސްޓަންޓް ޑިރެކްޓަރ
  6. މަޙުފޫޡާ ވަހީދު، އެސިސްޓަންޓް ޑިރެކްޓަރ
  7. ތޯހިރު ޢަލީ، އެސިސްޓަންޓް ޑިރެކްޓަރ (ސީ.އެފް.ޕީ.އެސް)
ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ

މި ކޮމިޓީއަކީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު ތަންފީޛުކުރުމަށާއި ސިވިލް ސަރވިސުން ރައްޔިތުންނަށްދެވޭ ޚިދްމަތް ރަގަޅުކުރުމަށްޓަކައި ޕަރމަނަންޓް ސެކްރެޓަރީއަށާއި ސިވިލް ސަރވިސް ކޮމިޝަނަށް އެހީތެރިވެދިނުމަށް ޤާއިމްކޮށްފައިވާ ކޮމިޓީއެކެވެ.

ކޮމިޓީގެ މެމެބަރުންނަކީ:

  1. ޟައުފިޝާން ޢަބްދުﷲ ކަމާލުއްދީން، ޕަރމަނަންޓް ސެކްރެޓަރީ
  2. އާމިނަތު ޝިރާނީ ނައީމް، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
  3. އަކްރަމް ޙުސައިން، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
  4. އާމިނަތު ރިޝްމީ އާމިރު، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
  5. އުނައިޒާ ޙަބީބު، ޑިރެކްޓަރ
  6. އަޙްމަދު ޢިމާދު، ޑިރެކްޓަރ
  7. ޢައިޝަތު ނާޒު، ޑިރެކްޓަރ
  8. ފާޠިމަތު ޝިއުނާ، ޑިރެކްޓަރ
  9. ޢައިޝަތު އިފާދާ، ސީނިއަރ ލީގަލް ކައުންސެލް
އިންޓަވެންޝަން ކޮމިޓީ

މި ކޮމިޓީއަކީ، މާލެ އާއި އަތޮޅުތެރޭގައި ޙާލުގައި ޖެހިފައިތިބޭ މީހުންގެ ޙާލަތު ބެލުމަށާއި މޮނިޓަރ ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއެކެވެ.

ކޮމިޓީގެ މެމެބަރުންނަކީ:

  1. ޝިހާމް ޢަބްދުލް އަޒީޒް އާދަމް، އެގްޒެކެޓިވް ޑިރެކްޓަރ (ޗެއަރ ޕަރސަން)
  2. މަރިޔަމް ލުމްނާ، އެގްޒެކެޓިވް ޑިރެކްޓަރ (ވައިސް ޗެއަރ ޕަރސަން)
  3. އާމިނަތު މުޙައްމަދު، ޑެޕިއުޓީ ޑިރެކްޓަރ
  4. ޢާއިޝަތު ޝިއުނާ، އެސިސްޓަންޓް ޑިރެކްޓަރ
  5. ފާޠިމަތު އަޙްމަދު، އެސިސްޓަންޓް ޑިރެކްޓަރ
  6. މަރްޔަމް މުޞްލިޙާ، ސީނިއަރ އެކައުންޓްސް އޮފިސަރ
  7. އާސިފް ޙަނީފް، ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ
  8. ފާޠިމަތު ޢަބްދުﷲ، ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ
  9. މުޙައްމަދު ފިޒްނީ، އެސިސްޓަންޓް ޑިރެކްޓަރ (ނެޝަނަލް ޑްރަގް އެޖެންސީ)