ކުޑަކުދިންގެ ހިޔާއަށް އެހީ ހޯދުމުގެ ނަމުގައި ކުރަމުންދާ ފޯންކޯލްތަކާގުޅޭ

ތާރީޚް
ކުޑަކުދިންގެ ހިޔާއަށް އެހީ ހޯދުމަށް ކަމަށް ބުނެ ކުއިޒްއެއްގެ ގޮތުގައި ވަރަށް ގިނަ ފޯނުކޯލުތަކެއް ޢާއްމުންނާ ހަމައަށް ދާކަމުގެ މަޢުލޫމާތު މި މިނިސްޓަރީއަށް ވަނީ ލިބިފައެވެ. މި މިނިސްޓްރީއިން ނުވަތަ ކުޑަކުދިންގެ ހިޔާއިން އެހީ ހޯދުމުގެ އެއްވެސް ޙަރަކާތެއް ފޯނު މެދުވެރިކޮށް ކުރިއަށް ނުގެންދާކަން ހުރިހާ ފަރާތެއްގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މި މިނިސްޓްރީއިން ނުވަތަ ކުޑަކުދިންގެ ހިޔާއިން ކުރާ މިފަދަ މަސްކަތްތަކުގެ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ. ވީމާ، މިފަދަ ކަންކަމަށް…

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

ތާރީޚް
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ ޑިސްއެބިލިޓީ އެވޯޑަށް ކުރިމަތިލުމުގެ ފަހު ތާރީޚަކީ 31 ޖުލައި 2016ވާ އާދީއްތަ ދުވަހެވެ. ނަމަވެސް 31 ޖުލައި 2016އަކީ ސަރުކާރު ބަންދުދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ނިންމަވާފައިވާތީ އާއި މި އެވޯޑުގައި އިތުރަށް ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، މިހާރު މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީޚަކީ 4 އޯގަސްޓް 2016ވާ ބުރާސްފަތި ދުވަސްކަމަށް ވަނީ…

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ މަސައްކަތް ކުރުމަށް ޚާއްސަ އޮފީހެއް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ ޒެނިޝާ ޝަހީދު ޒަކީ ހަމަޖައްސަވައިފި

ތާރީޚް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް (ޑިސްއެބިލިޓީ ކައުންސިލް)ގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ، އެކައުންސިލްއަށް ހާއްސަ އޮފީސްޖާގައެއް އެ މިނިސްޓްރީގައި މިއަދު ހަމަޖައްސަވާދެއްވާފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ކައުންސިލްއިން ކުރައްވާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާ، މިއަދު ހަމަޖައްސަވާދެއްވި އިންތިޒާމްގެ ސަބަބުން ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި…

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކާއި ވަކި ޖިންސަކަށް ނިސްބަތްވީތީ އަނިޔާ ލިބޭ ފަރާތްތަކަށް ހިމާޔަތް ފޯރުކޮށްދޭ ބޫޓާންގެ އަމާންހިޔާއަކަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ ޒެނިޝާ ޝަހީދު ޒަކީ، ޒިޔާރަތްކުރައްވައިފި

ތާރީޚް
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކާއި ވަކި ޖިންސަކަށް ނިސްބަތްވީތީ އެކި ބާވަތުގެ އަނިޔާ ލިބޭ ފަރާތްތަކަށް ހިމާޔަތް ފޯރުކޮށްދިނުމަށް ބޫޓާންގެ ވެރިރަށް ތިމްޕޫގައި ޤާއިމްކޮށްފައިވާ އަމާންހިޔާއަކަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ ޒެނިޝާ ޝަހީދު ޒަކީ، ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި، މިދާއިރާއާ ގުޅޭގޮތުން ބޫޓާންއިން ކުރަމުންގެންދާ މަސައްކަތްތަކާބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށާއި މި ސަރަހައްދުގައި އަމަލުކުރަމުންދާ 'ބެސްޓް ޕްރެކްޓިސް' އުސޫލުތައް ދެނެގަތުމަށްޓަކައި، އަމާންހިޔާގެ ވެރިންނާއި މުވައްޒަފުންނާ މިނިސްޓަރ ޒެނީޝާ ބައްދަލުކުރެއްވިއެވެ. އަދި ހިޔާގައި ދިރިއުޅުއްވާ…

ރީޖަނަލް ކޮންސަލްޓޭޝަން އޮން އެސްޑީޖީ އެލަޔަންސް- ސައުތު އޭޝިޔާ ލޯންޗުގައި މިނިސްޓްރީ އެންޑް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ތަޤްރީރް ކުރައްވައިފި

ތާރީޚް
ބޫޓާންގެ ވެރިރަށް ތިމްޕޫގައި މިއަދު ބޭއްވުނު "ރީޖަނަލް ކޮންސަލްޓޭޝަން އޮން އެސްޑީޖީ އެލަޔަންސް – ސައުތު އޭޝިއާ ލޯންޗް" ގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ، ތަޤްރީރުކުރައްވައިފިއެވެ. މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރެއްވުމަށް ދިވެހި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށާއި، ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ ހުރިހާ އެންމެންގެ ޒިންމާއެއްކަމަށާއި،…

ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުން ގެންދާ ކުދިންނާއެކު މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ މިއަހަރުގެ ފިތުރު ޢީދު ދުވަސް ފާހަގަކުރައްވައިފި

ތާރީޚް
އެކި ސަބަބުތަކާހުރެ އަޅާލާނެ ފަރާތެއް ނެތުމުން، ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، ހުޅުމާލޭގެ ފިޔަވަތީގައި ބަލަހައްޓަމުން ގެންދާ ކުދިންގެ ތެރެއިން އުމުރުން 3 އަހަރުން ފެށިގެން 9 އަހަރާ ދެމެދު އުމުރުފުރައިގެ ކުދިންނާއެކު މިއަހަރުގެ ފިތުރު ޢީދު ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުޑަކުދިންގެ ކާރޓޫން ފިލްމެއްގެ ޚާއްސަ ޝޯ އެއް ޝްވެކް ސިނަމާގައި ބޭއްވުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވައި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވަނީ އެ ކުދިންނާއެކު މިއަދު އެ…