ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ޖެންޑަރ މިނިސްޓްރީ އާއި ސްޕޮންސަރުންނާއި އެކު އެމް.އޯ.ޔޫ ތަކުގައި ސޮއިކޮށްފި

ތާރީޚް
ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ޖެންޑަރ ސްޕޮންސަރުންނާއި އެކު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންސ (އެމް.އޯ.ޔޫ) ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. މި ހަފްލާގައ�� މިނިސްޓްރީއާއިއެ އެކު އެމް.އޯ.ޔޫ ތަކުގައި ސޮކޮށްފައިވަނީ މެގާ ގްލޯބަލް އެއަރ ސަރވިސް، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ލައިފް ގާޑް އެސޯސިއޭޝަން، ނިއު ލެގޫންސް، ސީ ސްޕޯޓްސް، ޕްރިންޓް ލެބް، ނެކްސްޓް އިނޮވޭޝަން، އަދި ޕަރސަނަލް ކޮމްޕިއުޓަރސް…

ދޮށީ އުމުރުގެ މީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރަންޖެހޭ

ތާރީޚް
އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން "ރަންވޭލާ" ކެމްޕެއިންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ލ.އަތޮޅު ގަން އަދި ފޮނަދޫގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން  ހިންގައިފިއެވެ. މުޖުތަމަޢުގައި އުމުރުންދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، އެމީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމާއި، އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަކެޔޮކަން އިތުރުކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލުމުގެ ގޮތުން ބޭއްވުން މިސެކްޝަންތަކުގައި 100 އަށް ވުރެން ގިނަ ދޮށީ އުމުރުގެ މީހުން ވަނީ ބައިވެރިވެފައެވެ. ލ.އަތޮޅުގައި މިނިސްޓްރީއިން ކުރިއަށްގެންދިޔަ "ރަންވެލާ"…

އަންހެންނުނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ 16 ދުވަހުގެ އެކްޓިވިޒަމް ކެމްޕެއިން މިނިސްޓްރީން ފެށުން

ތާރީޚް
އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ކުރިޔަށްގެންދާ 16 ދުވަހުގެ އެކްޓިވިޒަމް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ޔޫ.އެން ވިމެން ގުޅިގެން ދޮރުން ދޮރަށް ކެމްޕެއިނެއް މިއަދު ވަނީ ޅަވިޔަނި އަތޮޅުގައި ފަށާފައެވެ. މި ކެމްޕެއިންގެ މަޤްސަދަކީ ގެވެށި އަނިޔާ އަދި ކުޑަކުދިންނަށް ކުރާ އަނިޔާއާ މެދު މުޖުޠަމައުގެ ހޭލުންތެރިކަން އިތުރުކޮށް އަދި މިފަދަ ޢަމަލުތަކާ މެދު އާއްމުންގެ ވިސްނުން ހުރިގޮތް ދެނަގަތުމަށް މަޢުލޫމާތު ހޯދުމެވެ.  …

މިނިސްޓްރީ އޮފް ޖެންޑަރ އެންޑަ ފެމިލީއިން އިޖްތިމާޢީ ޙިދުމަތްތެރީންގެ ހުނަރާއި ފަންނީ ޤާބިލްކަން އިތުރުކުރުމަށް ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި

ތާރީޚް
އިޖްތިމާޢީ ޙިދުމަތްތެރީންގެ ހުނަރާއި ފަންނީ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން، ޓްރެއިނިންގ ޕްރޮގްރާމްއެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އިންތިޒާމްކޮށްގެން ޔުނިސެފްގެ އެހީގައި މިއަދު ވަނީ ފަށާފައެވެ. މިޓްރެއިނިންގް ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އޮނަރަބަލް ޒެނީޝާ ޝަހީދު ޒަކީގެ ވާހަކަ ފުޅުގައި އަނިޔާ އާއި އިހުމާލުގެ މައްސަލަތައް މިނިސްޓްރީއަށް ރިޕޯޓްކުރާ މިންވަރު ދުވަހުންދުވަހަށް އިތުރުވަމުންދާ ކަމަށާއި މި ތަމްރީނުގެ ސަބަބުން މިފަދަ މައްސަލަތަކާއި ގުޅިގެން އިޖްތިމާޢީ ޚިދުމަތްތެރިން ކުރާ މަސައްކަތުގެ…

މެލޭޝިޔާގައި ބާއްވާ 3 ވަނަ އޭޝިޔާ ޕެސިފިކު ހައިލެވަލް މީޓިންގް އޮން ޗައިލްޑް ރައިޓްސް ގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ބައިވެރިވެވަޑައިގަތުން

ތާރީޚް
މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި މިހާރު ހިނގަމުންދާ 3 ވަނަ އޭޝިޔާ ޕެސިފިކު ހައިލެވަލް މީޓިންގް އޮން ޗައިލްޑް ރައިޓްސްގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ބަިއވެރިވެވަޑަިއގެންފިއެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ އޭޝިޔާ އާއި ޕެސިފިކް ޤައުމުތަކުން ދެމެހެއްޓެނިވި ތަރައްޤީޤެ ލަނޑުދަނޑިތައް (ސަސްޓެއިނަބަލް ޑިވޮލަޕްމަންޓް ގޯލްސް) ޙާޞިލުކުރުމަށް އެހީތެރިވުމަށާއި އެޤައުމުތައް އިޤްތިޞާދީގޮތުންނާއި އިޖުތިމާޢީގޮތުން ކުރިއެރުވުމަށްޓަކައި ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރުމާއި، ފެންވަރު ރަނގަޅު ސިއްޙީ ފަރުވާ އެންމެންނަށް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން…

ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމުގެގޮތުން މިނިސްޓްރީއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރައްވަމުންދާ އަންހެންބޭފުޅުންނާއެކު މަސައްކަތްކޮށްލުމުގެ ފުރުސަތު އަންހެންކުދިންނަށް ހޯދާދީފި

ތާރީޚް
2016 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރައްވަމުންދާ އަންހެންބޭފުޅުންނާއެކު މަސައްކަތްކޮށްލުމުގެ ފުރުސަތު އަންހެންކުދިންނަށް ވަނީ ހޯދާދީފައެވެ. އަންހެންކުދިން ބާރުވެރިކުރުވުމުގެ މަޤްސަދުގައި ހިންގި މިހަރަކާތުގައި އުމުރުން 16 އަހަރާއި 17 އަހަރުގެ 27 ކުދިން ބައިވެރިވިއެވެ. އެއް ދުވަހަށް ކުރިއަށް ގެންދެވުނު މިހަރަކާތުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތައް އަދި މީޑިއާ ފަދަ ތަފާތު ދާއިރާތަކުގައި ފާހަގަކޮށްލެވޭ އަންހެން ބޭފުޅުންނާއެކު…