ޖޫން 2021 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ޖޫން 2021 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމުލަ 144 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ:

 • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 64 މައްސަލަ ޖޫން މަހު ވަނީ ރިޕޯޓުކޮށްފައެވެ.
 • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 30 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
 • މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 14 މައްސަލަ، އިހުމާލުވުމުގެ 11 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 4 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 1 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ ނުވަތަ ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ، އަދި ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

 

އަޚުލާޤީ މައްސަލަތައް

 • ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 2 މައްސަލަ ޖޫން މަހު ވަނީ ހުށަހަޅައިފައެވެ.

 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން

 • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 16 މައްސަލަ ޖޫން މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
 • އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 14 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 2 މައްސަލައެވެ.

 

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން

 • ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 2 މައްސަލަ ޖޫން މަހު ވަނީ ރިޕޯޓުކޮށްފައެވެ.
 • އެއީ އައިޑީ ކާޑު/ ޕާސްޕޯޓް، އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާ ގުޅޭ 1 މައްސަލަ އަދި ވެކްސިން ނުދިނުމުގެ 1 މައްސަލައެވެ.

 

ޤާނޫނާއި ގަވާއިދާ ހިލާފަވުން

 • ޤާނޫނާއި ގާވާއިދާ ހިލާފުވުމުގެ 1 މައްސަލަ ޖޫން މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

 

  ޢާއިލީ މައްސަލަތައް

 • ޢާއިލީ 14 މައްސަލަ ޖޫން މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
 • މި ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 8 މައްސަލަ ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 6 މައްސަލަ ހިމެނެއެވެ.

 

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

 • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 34 މައްސަލަ ޖޫން މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
 • މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނި އަނިޔާ ނުވަތަ އަނގަބަހުން އަނިޔާކުރުމުގެ  13 މައްސަލައެވެ.
 • މިބާވަތުގެ މައްސަލަތަކުގެ އިތުރުން، ޖިސްމާނީ އަނިޔާކުރުން 11 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 3 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 2 މައްސަލަ، އިހުމާލުވުމުގެ 1 މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލަ، އަދި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުން ދިނުމުގެ 1 މައްސަލަ ހިމެނެއެވެ.

 

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

 • އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 11 މައްސަލަ ޖޫން މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

 • ޖޫން މަހު ދަޢުލަތުގެ ބެލުމުގެ ދަށަށް 9 ކުދިން ނެގިފައިވެއެވެ.
 • ޖޫން މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 214 އެވެ.

 

23 ޞަފަރު 1443    

30 ސެޕްޓެމްބަރު 2021    

Leave a Reply

Your email address will not be published. Required fields are marked *