ޖުލައި 2021 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ޖުލައި 2021 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމްލަ 139 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ:

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 58 މައްސަލަ ޖުލައި މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 21 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ހާނިއްކައިގެ 12 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 10 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 6 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 6 މައްސަލަ އަދި ނަހަމަގޮތުގައި ބޭނުންކުރުމުގެ 3 މައްސަލަ ހިމެނެއެވެ.

އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 3 މައްސަލަ ޖުލައި މަހު ވަނީ ހުށަހަޅައިފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނިކުމުގެން ދިއުމުގެ 1 މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ 1 މައްސަލަ ހިމެނެއެވެ.

 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލަ ޖުލައި މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 11 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 2 މައްސަލައެވެ.

 

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން

  • ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 1 މައްސަލަ ޖުލައި މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • އެއީ ސިއްހީ ފަރުވާއަށް ހުރަސްއެޅުން / ނުދިނުމުގެ 1 މައްސަލައެވެ.

 

ޤާނޫނާއި ގަވާއިދާ ހިލާފަވުން

  • ޤާނޫނާއި ގާވާއިދާ ހިލާފުވުމުގެ 2 މައްސަލަ ޖުލައި މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި މާރާމަރި ހިންގުމުގެ 1 މައްސަލަ ހިމެނެއެވެ.

 

ޢާއިލީ މައްސަލަތައް

  • ޢާއިލީ 20 މައްސަލަ ޖުލައި މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 10 މައްސަލަ ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 9 މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ޖެހޭ 1 މައްސަލަ ހިމެނެއެވެ.

 

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 34 މައްސަލަ ޖުލައި މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނި އަނިޔާ ނުވަތަ އަނގަބަހުން އަނިޔާކުރުމުގެ  13 މައްސަލަ އަދި ޖިސްމާނީ އަނިޔާކުރުމުގެ 13 މައްސަލައެވެ.
  • މިބާވަތުގެ މައްސަލަތަކުގެ އިތުރުން، ޖިންސީ ފުރައްސާރަކުރުމުގެ 3 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 2 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

 

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 8 މައްސަލަ ޖުލައި މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

  • ޖުލައި މަހުގައި 3 ކުދިން ރީއިންޓަރގްރޭޓް ކުރެވިފައިވޭ އަދި ދަޢުލަތުގެ ބެލުމުގެ ދަށަށް 2 ކުދިން ނެގިފައިވެއެވެ.
  • ޖުލައި މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 218 އެވެ.

 

18 ޞަފަރު   1443    

30 ސެޕްޓެމްބަރު 2021    

Leave a Reply

Your email address will not be published. Required fields are marked *