“ގެވެށި ގުޅުން” ކެމްޕެއިންގެ ތެރެއިން ގދ. އަތޮޅުގައި ހިންގެވި ހަރާކާތްތައް

 

ގެވެށި ގުޅުމުގެ މުހިއްމު ކަމާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވައި، އިޖްތިމާޢީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ބާރުއެޅުވުމުގެ މަޤްސަދުގައި 15 ޖުލައި 2020 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ފަށާފައިވާ ގައުމީ ކެމްޕެއިން “ގެވެށި ގުޅުން” ގެ ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިހަރަކާތްތައް ހިންގުމަށް ފަންޑްކޮށްދެއްވާފައިވަނީ ޕާކިސްތާނުގެ ސަރުކާރުން “ގެވެށި ގުޅުން” ޕްރޮޖެކްޓްގެ ދަށުންނެވެ. މިގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މިނިސްޓަރ އޮފް ސްޓޭޓް ޒިފްލީނާ ޙަސަން މިވަނީ ގދ.އަތޮޅުގައި މި ކެމްޕެއިންގެ ހަރާކާތެއް ފަށްޓަވާ ދެއްވާފައެވެ.

މި ކެމްޕެއިންގެ ތެރެއިން ޖުމްލަ 40 ބައިވެރިންނަށް އަމާޒުކޮށްގެން ވަނީ 27 އަދި 28 ސެޕްޓެމްބަރު ގައި ވޯރކްޝޮޕެއް ހިންގިފައެވެ. މި ވޯރކްޝޮޕްގައި ބައިވެރިވެފައިވަނީ ގދ.ތިނަދޫގެ ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި، ޖަމިއްޔާ ޖަމާޢަތްތަކުންނެވެ. މި ވޯރކްޝޮޕްގެ މަގުސަދަކީ މި ވޯކްޝޮޕްގެ ޒަރިއްޔާއިން ލިބިލެއްވި މަޢުލޫމާތު އަތޮޅު ފެންވަރުގައި އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭނެ ފަރާތްތައް ތައްޔާރުކުރުމެވެ. މި ވޯރކްޝޮޕްގައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މުވައްޒަފުން ވަނީ ބައިވެރިންނަށް ސެޝަން ނަގާ ދެއްވާފައެވެ.

މި ވޯރކްޝޮޕް ނިމިގެން ދިޔައީ އެކްޝަން ޕްލޭނެއް އެކުލަވަލެވިގެންނެވެ. މިއެކްޝަން ޕްލޭންގެ ބޭނުމަކީ ގެވެށި ގުޅުމާއި ގުޅޭ ގޮތުން މި ވޯރކްޝޮޕްގެ ތެރެއިން ލިބުނު މަޢުލޫމާތުގެ އަލީގައި ގދ. ތިނަދޫގައި ގެވެށި ގުޅުން ކެމްޕެއިންގެ ތެރެއިން އިތުރު ހަރަކާތްތަކެއް އެކުލަވާލުމެވެ. މިހަރަކާތްތައް ތަންފީޒުކުރުމުގައި ހުރިހާ މުވައްސަސާތަކުން ކުރާނެ މަސައްކަތްތައް ފާހަގަކުރެވިގެންދިޔައެވެ. މިއީ ރަށުގެ ކަމާގުޅޭ އިދާރާތަކާއިއެކު ޖެންޑަރ މިނިސްޓްރީ އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އެހީތެރިކަމާއި އެކު ތަންފީޒީ މަރުހަލާއަކަށް ދިއުމަށް ތައްޔާރު ކުރެވިގެން ދިޔަ އެކްޝަން ޕްލޭނެކެވެ. 

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ތިނަދޫ ގޮފީގެ ދަރިވަރުންނަށް ގެވެށި އަނިޔާއަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންދެވިފައެވެ. މިސެޝަންގައި ބޮޑަށް ފޯކަސް ކުރެވިފައިވަނީ “ހެލްދީ ރިލޭޝަންޝިޕް” އަށެވެ.

21 ޞަފަރު    1443

28 ސެޕްޓެމްބަރ 2021

Leave a Reply

Your email address will not be published. Required fields are marked *