ޖިނާއީ މައްސަލަތަކުގައި، ކުށުގެ ޝިކާރައަކަށްވާ މީހުންނާއެކު މަސައްކަތްކުރުމުގެ ފަހުމު ނާމާއެއްގައި ސޮއިކޮށްފި

ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް އަންނަ މީހުންނަށް ބޭނުންވާނެކަމަށް ފެންނަ ޚިދުމަތްތަކާއި ވަޞީލަތްތައް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭ މަޢުލޫމާތު ޖެންޑަރ މިނިސްޓްރީއަށް ފޯރުކޮށްދިނުމާއި، ފޯރުކޮށްދޭ މަޢުލޫމާތު ބަލައިގަނެ، އެ މަޢުލޫމާތުގެ މައްޗައް ޢަމަލުކުރުމާ ގުޅޭގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޖެންޑަރ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ ފަހުމު ނާމާއެއްގައި ސޮއިކޮށްފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި 2022 މެއި 8 ވަނަ ދުވަހު ބޭއްވި
އިތުރަށް ވިދާޅުވޭ

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުންދާ މީހުންގެ މެދުގައި ކެރަމް މުބާރާތެއް ބާއްވައިފި

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުންދާ މީހުންގެ މެދުގައި މި ރަމްޟާން މަހު ވަނީ ކެރަމް މުބާރަތެއް ކުރިޔަށް ގެންގޮސްފައެވެ. މި މިބުރާތް ކުރިޔަށް ގެންދެވުނީ 4 ދުވަހަށް ބަހާލައިގެން 21 އޭޕްރިލް 2022 – 24 އޭޕްރިލް 2022ގެ ނިޔަލަށެވެ. މި މުބާރާތުގައި 22 މީހުން ވާދަކޮށްފާވާއިރު މުބާރާތްކުރިޔަށް ގެންދެވުނީ 2 ކެޓެގަރީއަކަށް ބަހާލައިގެން އަންހެން ފިރިހެން ވަކިންނެވެ. އަންހެން ކެޓެގަރީގައި 10 އަންހެނުން ވާދަކޮށްފައިވާއިރު ފިރިހެން ކެޓެގަރީއިން 12 ފިރިހެނުން ވަނީ ވާދަކޮށްފައެވެ.
އިތުރަށް ވިދާޅުވޭ

މާރިޗު 2022 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

މާރިޗު 2022ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމްލަ 266 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ: ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 126 މައްސަލަ މާރިޗު މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 40 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިސްމާނީ ހާނިކައިގެ
އިތުރަށް ވިދާޅުވޭ

ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ޤާއިމު ކުރާ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ށ. އަތޮޅުގައި އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ޤާއިމުކުރާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ށ. އަތޮޅުގައި އިފްތިތާޙްކޮށްފިއެވެ. މިކަމަށްޓަކައި ށ.އަތޮޅު، އަތޮޅުވެހީގައި ބޭއްވި ރަސްމިއްޔާތުގައި އިބަމަ އިފްތިތާޙްކޮއްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ. އިބަމަ އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ ޖެންޑަރ މިނިސްޓްރީގެ ސެންޓަރެއް އަތޮޅުގެ އެންމެ ރަށެއްގައި ޤާއިމްކުރެވިފައި ވީނަމަވެސް، ކޮންމެ ރަށެއްގައިވެސް، ގިނަ މުއައްސަސާތައް ޤާއިމްކުރެވިފައި އެބަހުރި ކަމަށާއި މި އެންމެހާ މުޢައްސަސާތަކަކީވެސް، އިޖުތިމާޢީ
އިތުރަށް ވިދާޅުވޭ