ކޮވިޑް-19އާ ގުޅިގެން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެގެން ދިޔަނަމަވެސް، މި ޕެންޑަމިކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އެންމެ އިސް ސަފުގައި ތިއްބެވީ އަންހެން ބޭފުޅުން ކަމަށް ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެ

ކޮވިޑް-19އާ ގުޅިގެން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެގެން ދިޔަނަމަވެސް، މި ޕެންޑަމިކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އެންމެ އިސް ސަފުގައި ތިއްބެވީ އަންހެން ބޭފުޅުން ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ މިހެން ވިދާޅުވެފައިވަނީ އ.ދ ގެ ޖެނެރަލް އެސެމްބްލީގެ 75 ވަނަ ސެޝަންގައި “ފޯރތް ވަރލްޑް ކޮންފަރެންސް އޮން ވިމެން”އަށް ފަންސަވީސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި އޮންލައިން
އިތުރަށް ވިދާޅުވޭ

ނޫސް ބަޔާން

ދިވެހިރާއްޖޭގެ ހައިކޯޓު ގެ ނަންބަރު 2019/HC-A/325 ގަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ދެކެމެވެ. ޤާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު)ގައި ފިރިމީހާ އަނބި މީހާ “ރޭޕް” ކުރުމަކީ، މި ޤާނޫނު ބަލައިގަންނަ، އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި، ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓު
އިތުރަށް ވިދާޅުވޭ

ޔޫ.އެން.ޖީ.އޭ 75 ވަނަ ސެޝަންގެ ހައި–ލެވެލް އިވެންޓް “ސްޓްރެންތެނިންގ ކޮމިޓްމެންޓްސް ޓު ޕްރިވެންޓް، ރެސްޕޯންޑް އެންޑް ޕްރޮޓެކްޓް އެގެއިންސްޓް ސެކްޝުއަލް އެންޑް ޖެންޑަރ ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސަސް”ގައި މިނިސްޓަރ ޢާއިޝަތު މުހައްމަދު ދީދީ ބައިވެރިވެވަޑައިގެންފި

ޔޫ.އެން.ޖީ.އޭ 75 ވަނަ ސެޝަންގެ ހައި-ލެވެލް އިވެންޓް “ސްޓްރެންތެނިންގ ކޮމިޓްމެންޓްސް ޓު ޕްރިވެންޓް، ރެސްޕޯންޑް އެންޑް ޕްރޮޓެކްޓް އެގެއިންސްޓް ސެކްޝުއަލް އެންޑް ޖެންޑަރ ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް” ގައި މިނިސްޓަރ ޢާއިޝަތު މުހައްމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ. މި އިވެންޓަކީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި، ޖިންސީ އަނިޔާއިން ރައްކާތެރިވުމާއި އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤައުމުތަކުން ކުރިއަށް އޮތް 12 މަހަށް ރާވާފައިހުރި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންހުރި މަސައްކަތްތަކާ
އިތުރަށް ވިދާޅުވޭ

ގެވެށި އަނިޔާގެ ޝިކާރަކަށްވާ މީހުން ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ކަނޑައަޅައި ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައިފި

ގެވެށި އަނިޔާގެ ޝިކާރަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ކަނޑައަޅައި އެތަންތަނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީއިން ފަށައިފިއެވެ. “ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު”، ޤާނޫނު ނަމްބަރު (2012/3)ގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ބިނާކުރުމާއި އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި، ހަމަތަކާއި، އުޞޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓަރ ކުރުމުގެ މަސައްކަތްތައް ކުރުމަށް ބަޔާންކޮށްފައިވެއެވެ. ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކުގެ
އިތުރަށް ވިދާޅުވޭ