ޖުލައި 2023 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ޖުލައި 2023 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ވަނީ ޖުމްލަ 203 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

 • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ޖުލައި މަހު ވަނީ ރިޕޯޓުކޮށްފައެވެ.
 • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަ އެވެ. އެގޮތުން މިބާވަތުގެ 28 މައްސަލަ ވަނީ ޖުލައި 2023 ގައި ހުށަހަޅާފައެވެ.
 • މީގެ އިތުރުން އިހުމާލުވުމުގެ 23 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 18 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 10 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 6 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިން ގްރޫމް ކުރުމުގެ 2 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން – ބްލެކްމެއިލް ކުރުމުގެ 1 މައްސަލަ، ކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 31 މައްސަލަ ޖުލައި މަހު މިނިސްޓްރީ އަށް ވަނީ ހުށަހަޅާފައެވެ.

 • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ 16 މައްސަލަ އެވެ.
 • މީގެ އިތުރުން ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ 4 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 3 މައްސަލަ، އިހުމާލުވުމުގެ 3 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 3 މައްސަލަ އަދި މާލީ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ.

ޢާއިލީ މައްސަލަތައް

 • ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 28 މައްސަލައެއް ޖުލައި މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

 މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 12 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 11 މައްސަލަ، ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 4 މައްސަލަ އަދި  ހަޟާނާތުގެ 1 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

 • އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 5 މައްސަލަ ޖުލައި މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުން

 • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 31 މައްސަލަ ޖުލައި މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
 • މިގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 28 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 3 މައްސަލައެވެ.

އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުން

 • އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 1 މައްސަލަ ޖުލައި މަހު ވަނީ މިނިސްޓްރީއަށް ހުށަހަޅާ އެޓެންޑު ކޮށްފައެވެ.

އަޚުލާޤީ މައްސަލަތައް

 • ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 8 މައްސަލައެއް ޖުލައި މަހު ވަނީ ހުށަހަޅާފައެވެ.
 • އެގޮތުން ސުލޫކީ މައްސަލައިގެ 5 މައްސަލަ، ގެއިން ނިކުމެގެން ދިއުމުގެ 2 މައްސަލަ އަދި ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ 1 މައްސަލަ ވަނީ ހުށަހަޅާފައެވެ.

ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި މައްސަލަތައް

 • ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 5 މައްސަލައެއް ޖުލައި މަހު މިނިސްޓްރީއަށްވަނީ ހުށަހަޅާފައެވެ. މިބާވަތުގެ މައްސަލަތަކުގެ ތެރެއިން ސިއްހީ ފަރުވާއަށް ހުރަސް އެޅުން ނުވަތަ ފަރުވާ ނުދިނުމުގެ 2 މައްސަލަ، އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ މައްސަލަތަކުގެ 1 މައްސަލަ، ކަރަންޓުގެ ޚިދުމަތް ކަނޑާލުމުގެ 1 މައްސަލަ އަދި ކުދިން ސްކޫލަށް ނުފޮނުވުމުގެ 1 މައްސަލަ ވަނީ ހުށަހަޅާފައެވެ.

 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

 • ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 178 އެވެ.
 • ޖުލައި މަހުގައި ދައުލަތަށް އަލަށް 2 ކުއްޖަކު ނެގިފައިވެއެވެ. މީގެ އިތުރުން 4 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވިފައި ވެއެވެ.

މަތީގައި ހިމެނިފައިވާ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނާއި ގުޅުންހުރި އެހެނިހެން ބާވަތުގެ 2 މައްސަލަ ވަނީ މިނިސްޓްރީ އަށް ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *