ޖޫން 2023 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ޖޫން 2023 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ވަނީ ޖުމްލަ 228 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

 • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 104 މައްސަލަ ޖޫން މަހު ވަނީ ރިޕޯޓުކޮށްފައެވެ.
 • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ 33 މައްސަލަ ވަނީ ޖޫން 2023 ގައި ހުށަހެޅިފައެވެ.
 • މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 25 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 18 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 12 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 7 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގާނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 5 މައްސަލަ، ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުމުގެ 2 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ (ބްލެކްމެއިލް ކުރުން) 1 މައްސަލަ ހިމެނެއެވެ.

 

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 38 މައްސަލަ އެއް ޖޫން މަހު މިނިސްޓްރީ އަށް ވަނީ ހުށަހެޅިފައެވެ.

 • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނ ޖިސްމާނީ އަނިޔާ ކުރުމުގެ 19 މައްސަލަ އެވެ.
 • މީގެ އިތުރުން ނަފްސާނީ އަނިޔާ ކުރުން އަނގަ ބަހުން ކުރެވޭ އަނިޔާގެ 15 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 3 މައްސަލަ ހިމެނެއެވެ.

 

ޢާއިލީ މައްސަލަތައް

 • ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 39 މައްސަލައެއް ޖޫން މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 14 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 12  މައްސަލަ، ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 8 މައްސަލަ އަދި  ހަޟާނާތުގެ 5 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

 • އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 17 މައްސަލަ ޖޫން މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

 

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުން

 • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ ޖޫން މަހު މިނިސްޓްރީއަށް ވަނީ ހުށަހެޅިފައެވެ.
 • މިގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 17 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 2 މައްސަލައެވެ.

 

އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުން

 • އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 1 މައްސަލަ ޖޫން މަހު ވަނީ މިނިސްޓްރީއަށް ހުށަހެޅި އެޓެންޑު ކޮށްފައެވެ.

 

އަޚުލާޤީ މައްސަލަތައް

 • ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 7 މައްސަލައެއް ޖޫން މަހު ވަނީ ހުށަހެޅިފައެވެ.
 • އެގޮތުން ސުލޫކީ މައްސަލައިގެ 4 މައްސަލަ، ގެއިން ނިކުމެގެން ދިއުމުގެ 2 މައްސަލަ އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

 

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތައް (15 އަހަރުން ދަށުގެ ކުދިން)

 • ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކުގެ 2 މައްސަލަ ޖޫން މަހު ވަނީ މިނިސްޓްރީއަށް ހުށަހެޅި އެޓެންޑްކޮށްފައެވެ.

 

ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި މައްސަލަތައް

 • ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 1 މައްސަލައެއް ޖޫން މަހު މިނިސްޓްރީއަށްވަނީ ހުށަހެޅިފައެވެ. މިބާވަތުގެ މައްސަލަތަކުގެ ތެރެއިން ކުދިން ސްކޫލަށް ނުފޮނުވުމުގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

 • ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 180 އެވެ.
 • ޖޫން މަހުގައި ދައުލަތަށް އަލަށް 1 ކުއްޖަކު ނެގިފައިވެއެވެ. މީގެ އިތުރުން 1 ކުއްޖަކު ފޮސްޓަރ ކޮށް، 2 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވިފައި ވެއެވެ.

މިމައްސަލަތަކުގެ އިތުރުން ކުޑަކުދިންނާއި ގުޅުންހުރި އެހެނިހެން 2 މައްސަލައެއް ވަނީ މިނިސްޓްރީ އަށް ހުށަހެޅިފައެވެ.

 

13 މުޙައްރަމް 1445

31 ޖުލައި 2023

Leave a Reply

Your email address will not be published. Required fields are marked *