ސަރުކާރުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއެކު ތިން ކުންފުންޏަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ސަރުކާރުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއެކު ތިން ކުންފުންޏަކުން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު އިތުރުވެފައިވާތީ، ފިޔަވަތީގައި ދިރިއުޅޭ 10 އަހަރުން ދަށުގެ 100 ކުދިންނަށް އެހީތެރިވެދިނުމަށް މިއަދު މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ އަދި ހޮޓެލް އެންޑް ރެސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއެވެ.

ކުދިންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މިނިސްޓްރީއިން ދަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން، މިނިސްޓްރީއާއެކު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން ސޮއިކުރި އެއްބަސްވުމުގެ ދަށުން ފިޔަވަތި މަރުކަޒުގައި މަސައްކަތްކުރުމަށް 2 ކެއަރވާރކަރުން 1 އަހަރު ދުވަހުގެ މުއްދަތަކަށް ސްޕޮންސަރ ކޮށްދެއްވާފައެވެ. މީގެ އިތުރުން، މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ އިން ސޮއިކުރި އެއްބަސްވުމުގެ ދަށުން ފިޔަވަތި މަރުކަޒުގައި މަސައްކަތްކުރުމަށް 1 ކެއަރވާރކަރެއް 1 އަހަރު ދުވަހުގެ މުއްދަތަކަށް ސްޕޮންސަރ ކޮށްދެއްވާފައެވެ. އަދި، ހޮޓެލްސް އެންޑް ރެސޯޓް ކޮންސްޓްރަކްޝަންއާއެކު ސޮއިކުރި އެއްބަސްވުމުގެދަށުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ސިއްހީ ޚިދުމަތް ހަރުދަނާކުރުމައްޓަކައި 1 އަހަރު ދުވަހުގެ މުއްދަތަކަށް 1 ނަރުސް ސްޕޮންސަރ ކޮށްދެއްވާފައެވެ.  

ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެހީތެރިވެދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ އަދި ހޮޓެލް އެންޑް ރެސޯޓް ކޮންސްޓްރަކްޝަން އިން ދެއްވާފައިވާ ދީލަތި އެހީތެރިކަން ފާހަގަކޮށް އެ ކުންފުނިތަކަށް މިނިސްޓްރީއިން ޝުކުރު ދަންނަވަމެވެ. އަދި ދަޢުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް މުސްތަޤްބަލުގައިވެސް އިތުރު ފުރުސަތުތައް ފަހުކޮށްދިނުމަށްޓަކައި ޕާޓްނަރޝިޕް އުސޫލުން ސަރުކާރުގެ އެކި ވުޒާރާތަކާ، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ، ކުންފުނިތަކާ ގުޅިގެން މިނިސްޓްރީއިން ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ގަސްތުކުރަމެވެ.

 11ޖޫން 2017

Leave a Reply

Your email address will not be published. Required fields are marked *