ފިޔަވަތީގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮޤްރާމްތަކެއް ފެށުން

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒެއް ކަމުގައިވާ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ. 9 އަހަރުން ދަށުގެ ކުދިން ބަލަހައްޓާ މިމަރުކަޒުގައި މިވަގުތު ދިރިއުޅެމުން ދަނީ 85 ކުދިންނެވެ.

މިނިސްޓްރީ އާއި ބާސްކެޓްބޯލް ސްޓާޒް އެކަޑެމީ ގުޅިގެން ފިޔަވަތީގައި ދިރިއުޅޭ 6 އަހަރުން މަތީގެ ހުރިހާ ކުދިންނަަށް ގަވާއިދުން ބާސްކެޓްބޯޅަ ތަމްރީންތައް ވަނީ ފަށާފައެވެ. އަދި، މިނިސްޓްރީ އާއި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަދި ބީޗް ކްލަބް މޯލްޑިވްސް ވޯޓަރ ސްޕޯޓްސް ގުޅިގެން މިމަރުކަޒުގައި ދިރިއުޅޭ 5 އަހަރުން މަތީގެ ހުރިހާ ކުދިންނަށް މޫދު ކުޅިވަރުތަކެއްވެސް ވަނީ ފަށާފައެވެ. އަދި މީގެ އިތުރުން، މި ޕްރޮގްރާމް ހިންގުމަށް، ސެއިލިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ބޮޑީ ބޯޑިންގ އެސޯސިއޭޝަން، ދަ ޕަރފެކްޓް ވޭވް ސާރފް އެކްސްޕީރިއެންސް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސަރވިސް، އަވަށްޓެރި އިނީޝިއޭޓިވް، ވޮލޮރިސް ޕްރައިވެޓް ލިމިޓެޑް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންވެސް އެހީތެރިވެދެއެވެ.

ދަޢުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ސިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކާ ހަރަކާތްތެރިވެ އުޅުމަށް ބާރުއެޅުމަށް މިފަދަ ޕްރޮގްރާމްތައް ހިންގަވައިދެއްވާ ފަރާތްތަކަށް މިނިސްޓްރީއިން ވަރަށް ޙާއްސަ ޝުކުރެއް ދަންނަވަމެވެ. އަދި، މިނިސްޓްރީގެ އުއްމީދަކީ ކުރިމަގުގައިވެސް، ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ، ކުންފުނިތަކާ ގުޅިގެން މިފަދަ ފުރުސަތުތައް އިތުރުކުރުމެވެ.

11 ޑިސެމްބަރ 2016

Leave a Reply

Your email address will not be published. Required fields are marked *