މިނިސްޓްރީއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ހެލްތް ސްކްރީނިންގ ޕްރޮގްރާމެއް ހިންގުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މެޑިކަލް ސަރވިސަސްއާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ހިންގާ ކުޑަކުދިން ބަލަހައްޓާ ދެ މަރުކަޒު ކަމުގައިވާ ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން  ހެލްތް ސްކްރީނިންގް ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ހެލްތް ސްކްރީނިންގ ޕްރޮގްރާމަކީ ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ސިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށާއި އެކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ސިއްޙީ ފަރުވާ އަދި އަޅާލުން އެކަށީގެންވާ ގޮތަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކުގެތެރެއިން ކުރިއަށްގެންދެވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ފިޔަވަތީގައި ދިރިއުޅޭ 10 އަހަރުން ދަށުގެ 80 ކުދިން ސްކްރީން ކުރެވިފައިވާއިރު، 10 އަހަރާއި 18 އަހަރާ ދެމެދުގެ 57 ކުދިން ވަނީ ކުޑަކުދިންގެ ހިޔާގައި ސްކްރީންކުރެވިފައެވެ.

މި ދެމަރުކަޒުގައި ދިރިއުޅޭ ކުދިންނަށް މިފަދަ ޕްރޮގްރާމެއް ހިންގަވައިދެއްވާފައިވާތީ އެމް.އެން.ޑީ.އެފްއަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ. އަދި، ދަޢުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންގެ ހާލަތު ރަނގަޅުކުރުމަށް އެމް.އެން.ޑީ.އެފް.އިން ދެއްވާ އެއްބާރުލުން ފާހަގަކުރަމެވެ. އަދި، މިނިސްޓްރީގެ އުއްމީދަކީ ކުރިމަގުގައިވެސް، ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މިފަދަ ފުރުސަތުތައް އިތުރުކުރުމެވެ.
މި ހިނގާ ޑިސެމްބަރ މަހުގެ ތެރޭގައި އާ މެޑިކަލް ރޫމެއްވެސް ފިޔަވަތީގައި ވަނީ ގާއިމްކުރެވިފައެވެ.

14 ޑިސެންބަރު 2016

Leave a Reply

Your email address will not be published. Required fields are marked *