މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭސް (އެމް.ސީ.ޕީ.ޑީ) މިނިސްޓްރީގައި ލޯންޗްކޮށްފި

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ މުއައްސަސާތަކުގެ މެދުގައި ހުށަހެޅޭ މައްސަލަތައް ރެކޯޑްކޮށް ބަލަހައްޓާނެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް (އެމް.ސީ.ޕީ.ޑީ) މިނިސްޓްރީގައި މިއަދު ޤާއިމްކޮށްފިއެވެ. މީގެފަހުން މި ޑޭޓާބޭސް މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ 19 ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި ބޭނުން ކުރަން ފަށާނެއެވެ.

މި ނިޒާމުގެ ތެރެއިން ކުޑަކުދިންނާއި ގުޅޭގޮތުން ހުށަހަޅާ ތަފާތު މައްސަލަތަކުގެ ރިފަރަލްފޮނުވުމާއި ކޭސް މެނޭޖްމަންޓް ފަސޭހައިން ބެލެހެއްޓުމުގެ އިތުރުން ވަކިވަކި މަސައްލަތަކުގައި ހިމެނޭ ކުދިންނާއި ޢައިލާތަކުގެ ކޭސްތައް ޓްރެކްކުރުމާއި ތަފާސްހިސާބު ނެގުމަށް ފަސޭހަވެގެންދާނެއެވެ.

މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް މިނިސްޓްރީގައި ޤާއިމްކުރުމަށް ޔުނުސެފުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސގެ ފަރާތުން ލިބިފައިވާ އިރުޝާދާއި ފަންނަނީ އެހީތެރިކަން ފާހަގަކުރައްވައި، މިނިސްޓަރ ޖެނީޝާ ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސްއަކީ މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ފުލުސް އިދާރާތަކުގައި 2010 ވަނައަހަރުން ފެށިގެން ބޭނުންކުރަމުންދާ ނިޒާމެކެވެ.

29 ސެޕްޓެމްބަރ 2016

Leave a Reply

Your email address will not be published. Required fields are marked *