މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ މ.އަތޮޅުގެ ހުރިހާ ރަށެއްގައި އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމަށް ސެޝަންތަކެއް ހިންގައިފި

އަަަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމުގެ ގޮތުން މ.އަތޮޅުގެ ހުރިހާ ރަށެއްގައި ހޭލުންތެރިކަން އިތުރުކުރުމުގެ ކެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ހިންގައިފިއެވެ. މި ސެޝަންތައް ހިންގައިފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާ ގުޅިގެން މި އޯގަސްޓް މަހުއެވެ.

މ.އަތޮޅުގެ 8 ރަށެއްކަމުގައިވާ މުލި، މުލައް، ދިއްގަރު، ކޮޅުފުށި، ނާލަފުށި، ވޭވަށް، ރަތްމަންދޫ، މަޑުއްވަރީގައި ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި އެރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ގްރޭޑް 4، 5 އަދި 6 ގައި ކިޔަވަމުންދާ 360 އަށްވުރެ ގިނަ ދަރިވަރުނ ް ބައިވެރިވެފައިވެއެވެ.

ޖެންޑަރ މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔަ ސެޝަންތަކުގެ ތެރެއިން އެއަތޮޅު މުލަކުގައި ކުރިއަށްގެންދިޔަ  ސެޝަންތަކުގައި މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ސެޝަންތަކުގައި ބައިވެރިވި ކުދިންނާ ބައްދަލުކުރައްވައި ސެޝަންގައި ދެވުނު މައުލޫމާތާއި ގުޅޭގޮތުން އެކުދިންގެ ހިޔާލު ހިއްސާކުރުމަށް އެކަމަނާ ފުރުސަތު ދެއްވިއެވެ. މ.އަތޮޅުގައި ކުރިއަށްގެންދިޔަ މިސެޝަންތަކުގެ ދަތުރުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި މޯލްޑިވެސް ޕޮލިސް ސަރވިސްގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ޖެންޑަރ މިނިސްޓްރީއިން ޝުކުރުއަދީކުރަމެވެ.  

30 އޯގަސްޓް 2016

Leave a Reply

Your email address will not be published. Required fields are marked *