ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‘ޖެންޑަރ އިކުއަލިޓީގެ ބިލު’ ތަޞްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް “ޖެންޑަރ އިކުއަލިޓީގެ ބިލު’ މިއަދު ތަޞްދީޤުކުރައްވައި، މި ބިލު ޤާނޫނަކަށްވެ މިއަދު ވަނީ ދިވެހި ގެޒެޓްގައި ޝާއިޢުކޮށްފައެވެ.

ޖެންޑަރ އިކުއަލިޓީގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ވަކި ޖިންސަކަށް ނުވަތަ ޖެންޑަރ އަށް ބަލައި ތަފާތުކުރުމެއްނެތި، ދެ ޖިންސްގެ ހަމަހަމަކަން ޤާއިމުކުރުމުގެގޮތުން ޢަމަލުކުރާނެ ގޮތުގެ މައިގަނޑު އުޞޫލުތަކާއި، ޖެންޑަރއަށް ބަލައި ތަފާތުކުރުން މަނާކުރުމާބެހޭ ސިޔާސަތުތަކާއި، ޖެންޑަރ އިކުއަލިޓީ ޤާއިމުކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާ ބަޔާންކުރުމުގެ ޤާނޫނެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މި ބިލު ފާށްކުރައްވާފައިވަނީ މިއޮގަސްޓްމަހުގެ 16 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 16 ވަނަ ޖަލްސާގައެވެ. މި ޤާނޫނަށް ޢަމަލުކުރަންފަށާފައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރާ ތާރީޚުން ފެށިގެން 6 މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.  

23 އޯގަސްޓް 2016

Leave a Reply

Your email address will not be published. Required fields are marked *