އޮގަސްޓް 2023 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

އޮގަސްޓް 2023 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ވަނީ ޖުމްލަ 254 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

 • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 96 މައްސަލަ އޮގަސްޓް މަހު ވަނީ ރިޕޯޓުކޮށްފައެވެ.
 • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް އިހުމާލުވާ މައްސަލައެވެ. އެގޮތުން އިހުމާލުގެ 25 މައްސަލަ ވަނީ ހުށަހަޅާފައެވެ.
 • މީގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 22 މައްސަލަ، ޖިންސީ އަނިޔާގެ 18 މައްސަލަ، ޖިސްމާނީ އަނިޔާގެ 13 މައްސަލަ އަދި ނަފްސާނީ އަނިޔާގެ 12 މައްސަލަ ހިމެނެއެވެ. އަދި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 2 މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލައިގެ އިތުރުން ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 1 މައްސަލަ ހުށަހެޅިފައިވެއެވެ.
 • މީގެ އިތުރުން، ކުޑަކުދިންނަށް ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 1 މައްސަލައާއި މިނޫންވެސް އެހެން ބާވަތުގެ އަނިޔާގެ 1 މައްސަލަ ހުށަހެޅި އެޓެންޑްކުރެވިފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލަ އޮގަސްޓް މަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހެޅިފައިވެއެވެ.

 • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލައެވެ. އެގޮތުން، މިބާވަތުގެ 20 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި، ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ 15 މައްސަލަ އާއި ޖިންސީ އަނިޔާގެ 4 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލައާއި މިނޫންވެސް އެހެން ބާވަތުގެ އަނިޔާގެ 4 މައްސަލަ ހުށަހެޅި އެޓެންޑްކުރެވިފައިވެއެވެ.

ޢާއިލީ މައްސަލަތައް

 • ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 44 މައްސަލައެއް އޮގަސްޓް މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

 މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 18 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 17 މައްސަލަ، ހަޟާނާތުގެ 6 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 3 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

 • އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 12 މައްސަލަ އޮގަސްޓް މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުން

 • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 34 މައްސަލަ އޮގަސްޓް މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
 • މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 29 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 5 މައްސަލަ ހިމެނެއެވެ.

އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުން

 • އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 2 މައްސަލަ އޮގަސްޓް މަހު ވަނީ މިނިސްޓްރީއަށް ހުށަހަޅާ އެޓެންޑު ކޮށްފައިވެއެވެ.

އަޚުލާޤީ މައްސަލަތައް

 • ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 11 މައްސަލައެއް އޮގަސްޓް މަހު ވަނީ ހުށަހަޅާފައެވެ.
 • އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 4 މައްސަލައާއި ގެއިން ނިކުމެގެން ދިއުމުގެ 2 މައްސަލައިގެ އިތުރުން މިނޫންވެސް އެހެންބާވަތުގެ އަޚުލާޤީ މައްސަލަތަކާއި ގުޅުންހުރި 5 މައްސަލައެއް ރިޕޯޓްކުރެވިފައިވެއެވެ.

ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި މައްސަލަތައް

 • ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 8 މައްސަލައެއް އޮގަސްޓް މަހު މިނިސްޓްރީއަށްވަނީ ހުށަހަޅާފައެވެ. މިބާވަތުގެ މައްސަލަތަކުގެ ތެރެއިން ކުދިން ސްކޫލަށް ނުފޮނުވުމުގެ 4 މައްސަލަ އާއި ތަޢުލީމަށް ހުރަސް އެޅުމުގެ 2 މައްސަލައިގެ އިތުރުން އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ މައްސަލަތަކުގެ 2 މައްސަލަ، ހުށަހެޅިފައިވެއެވެ.

 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

 • އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 169 އެވެ.
 • އޮގަސްޓް މަހުގައި ދައުލަތަށް އަލަށް 4 ކުއްޖަކު ނެގިފައިވާއިރު، 4 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވި، 2 ކުއްޖަކު ފޮސްޓަރކުރެވުނެވެ. މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައިވެ 18 އަހަރުވުމުން 6 ކުއްޖަކަށް ވަޒީފާގެ ފުރުސަތު ހޯދާދީ މުޖުތަމަޢުއަށް ރީ-އިންޓަގްރޭޓް ކުރެވުނެވެ.

10   ރަބީޢުލްއައްވަލް  1445

25   ސެޕްޓެމްބަރ   2023