ސެޕްޓެމްބަރ 2023 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ސެޕްޓެމްބަރ 2023 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ވަނީ ޖުމްލަ 213 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ސެޕްޓެމްބަރ މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މައްސަލައެވެ. އެގޮތުން ޖިންސީ އަނިޔާގެ 23 މައްސަލަ ހުށަހަޅާފައިވެއެވެ.
  • ހަމަމިއާއިއެކު، އިހުމާލުގެ 20 މައްސަލަ އާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 16 މައްސަލަ އާއި ޖިސްމާނީ އަނިޔާގެ 15 މައްސަލަ އަދި ނަފްސާނީ އަނިޔާގެ 3 މައްސަލަ ހިމެނެއެވެ. އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 6 މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލަ ހިމެނެއެވެ.
  • މިނޫންވެސް އެހެން ބާވަތުގެ އަނިޔާގެ 3 މައްސަލަ ހުށަހެޅި އެޓެންޑްކުރެވިފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 39 މައްސަލަ ސެޕްޓެމްބަރ މަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހެޅިފައިވެއެވެ.

  • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލައެވެ. އެގޮތުން، މިބާވަތުގެ 18 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި، ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ 10 މައްސަލަ އާއި ޖިންސީ އަނިޔާގެ 4 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 6 މައްސަލަ އަދި އިހުމާލު ގެ 1 މައްސަލަ ހުށަހެޅި އެޓެންޑްކުރެވިފައިވެއެވެ.

 

ޢާއިލީ މައްސަލަތައް

  • ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 25 މައްސަލައެއް ސެޕްޓެމްބަރ މަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 13 މައްސަލައާއި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 11 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 1 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 14 މައްސަލަ ސެޕްޓެމްބަރ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލަ ސެޕްޓެމްބަރ މަހުގެ ތެރޭގައި މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
  • މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 12 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 1 މައްސަލަ ހިމެނެއެވެ.

 

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތައް

  • ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކާއި ގުޅިގެން 4 މައްސަލައެއް ސެޕްޓެމްބަރ މަހުގެ ތެރޭގައި މިނިސްޓްރީއަސް ހުށަހެޅި އެޓެންޑްކޮށްފައިވެއެވެ.

އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 23 މައްސަލައެއް ސެޕްޓެމްބަރ މަހު ވަނީ ހުށަހަޅާފައެވެ.
  • އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 8 މައްސަލަ އަދި ގެއިން ނިކުމެގެން ދިއުމުގެ 5 މައްސަލަ ހިމެނެއެވެ. އަދި މިނޫންވެސް އެހެންބާވަތުގެ އަޚުލާޤީ މައްސަލަތަކާއި ގުޅުންހުރި 10 މައްސަލައެއް ރިޕޯޓްކުރެވިފައިވެއެވެ.

 

ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި މައްސަލަތައް

  • ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 3 މައްސަލައެއް ސެޕްޓެމްބަރ މަހު މިނިސްޓްރީއަށްވަނީ ހުށަހަޅާފައެވެ. މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ކުދިންނަށް ވެކްސިން ދިނުމުގެ 2 މައްސަލަ އަދި ތަޢުލީމަށް ހުރަސް އެޅުމުގެ 1 މައްސަލަ ހުށަހެޅި އެޓެންޑް ކުރެވިފައިވެއެވެ.

 

 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

  • ސެޕްޓެމްބަރ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 164 އެވެ.
  • ސެޕްޓެމްބަރ މަހުގައި ދައުލަތަށް އަލަށް 1 ކުއްޖަކު ނެގިފައިވާއިރު، 4 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވި، 1 ކުއްޖަކު ފޮސްޓަރކުރެވުނެވެ.

7 ރަބީޢުލްއާޚިރު 1445

 22 އޮކްޓޫބަރ 2023