އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ވޯކްޝޮޕެއް ހިންގައިފި

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން 9 ދުވަހުގެ މުއްދަތަށް ވޯކްޝޮޕެއް ހިންގައިފިއެވެ. އެމެރިކަން ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ މަޤްޞަދަކީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާތަކާ ދެކޮޅަށް ބާރުވެރިކުރުވުމާއި، އެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ޢަމަލުކުރާނެ އުސޫލުތައް ބާޔާންކޮށްދީ، ހޭލުންތެރިކަން އިތުރުކުރުމެވެ. ޖުމުލަ 22 މީހުން ބައިވެރިވި މި ޕްރޮގްރާމްގައި، ޖިންސީ ފުރައްސާރައާއި، ގެވެށި އަނިޔާއާއި، ޖެންޑަރ އަދި
އިތުރަށް ވިދާޅުވޭ

މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހާސިލުކޮށްފި

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ އިދާރާތަކުން، އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތިން ވީހާ ވެސް ގިނައިން މަޢުލޫމާތު ޢާންމުކުރުމަށް ހިތްވަރުދިނުމަށާއި، ފަސޭހަ ކަމާއެކު މަޢުލޫމާތު ލިބޭނޭ ގޮތަށް މަޢުލޫމާތު ބެލެހެއްޓުމަށް ބާރުއެޅުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދޭ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މި އަހަރު ހާސިލުކޮށްފިއެވެ. މި މަޤާމު މިނިސްޓްރީއަށް ލިބިފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރުމުގެ
އިތުރަށް ވިދާޅުވޭ

ސެޕްޓެންބަރު 2018ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ސެޕްޓެންބަރު 2018ގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ޖުމުލަ 237 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 110 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މިއީ ސެޕްޓެންބަރު މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 46 އިންސައްތައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި އިހުމާލުގެ މައްސަލަތަކެވެ. މި ގޮތުން މި ބާވަތުގެ 37 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި ބާވަތުގެ
އިތުރަށް ވިދާޅުވޭ

ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން “ގަރލްސް ލީޑް އިނީޝިއަޓިވް”ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފި

ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިސްނަގައިގެން “ގަރލްސް ލީޑް އިނީޝިއޭޓިވް”ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް މި މަހުގެ 5އިން 11އަށް ކުރިއަށް ގެންގޮސްފިއެވެ. އަންހެންކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި، އަންހެން ކުއްޖަކަށް ވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ފަރުމާކުރި ހަ ދުވަހުގެ މި ޕްރޮގްރާމްގެ ތެރޭގައި އަންހެން ކުދިންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމާއި، އަންހެން ކުދިންގެ ޞިއްޙަތާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އަންހެނުންނާއި އަންހެން ކުދިންގެ
އިތުރަށް ވިދާޅުވޭ