އއ.އަތޮޅާއި އދ.އަތޮޅުގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި

އއ.އަތޮޅާއި އދ.އަތޮޅުގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ އޮން ސަރވިސް ޕްރޮވިޝަންސް ފޮރ ދަ އެލްޑަރލީ އެންޑް ވިކްޓިމްސް އޮފް އެބިޔުސް”ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ އެހީތެރިކަމާއެކު އދ.މަހިބަދޫގައި 5 ދުވަހުގެ މުއްދަށް ހިންގި މި ޕްރޮގްރާމްގައި ޖުމުލަ 33 ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އދ.އަތޮޅު ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ފާއިތުވެ ދިޔަ މަހު އެކަނި ވެސް އެކި ބާވަތުގެ އަނިޔާއާ ގުޅޭ 210 މައްސަލަ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާކަމަށާއި، އަނިޔާއެއް ތަޙައްމުލުކުރެވިގެން މިނިސްޓްރީގެ އެހީތެރިކަމަށް އެދުނު ކޮންމެ ފަރާތެއްގެ ވެސް ދިރިއުޅުން އަލުން އާރާސްތުކުރުމުގައި ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިން މުހިންމު ދައުރެއް އަދާކުރައްވާކަމަށެވެ. އަދި އެ ފަރާތްތަކުގެ ޚިދުމަތަކީ އިޖުތިމާޢީ އަދި ޤައުމީ ފެންވަރުގައި ވެސް ފާހަގަކުރަންޖެހޭ ފަދަ އަގު ހުރި ޚިދުމަތްތަކެއްކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

އެޕްރީލް މަހުގެ 08އިން 12އަށް ހިންގި މި ޕްރޮގްރާމްގައި ދޮށީ އުމުރުގެ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމުގައްޔާއި، އަނިޔާއިން ރައްކައުތެރިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިންނަށާއި، އަންހެނުންނަށާއި، ދޮށީ އުމުރުގެ މީހުންނަށާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކުގެ އިތުރުން، ދާއިރާއާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް ބައިވެރިން އަހުލުވެރިކޮށް، އަނިޔާ ލިބޭ ފަރާތްތަކާއި ބަލި މީހުންނަށް އަޅައިލުމުގައި ގެންގުޅެންވީ މިންގަނޑުތައް އޮޅުންފިލުވައިދީފައިވެއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ވ.އަތޮޅާއި މ.އަތޮޅާއި ފ.އަތޮޅުގެ ޖުމުލަ 24 ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިން ތަމްރީނުކޮށްފައިވެއެވެ.

28 ރަޖަބު  1439

14 އެޕްރީލް 2018

Leave a Reply

Your email address will not be published. Required fields are marked *