ޖިނާއީ މައްސަލަތަކުގައި، ކުށުގެ ޝިކާރައަކަށްވާ މީހުންނާއެކު މަސައްކަތްކުރުމުގެ ފަހުމު ނާމާއެއްގައި ސޮއިކޮށްފި

ތާރީޚް
ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް އަންނަ މީހުންނަށް ބޭނުންވާނެކަމަށް ފެންނަ ޚިދުމަތްތަކާއި ވަޞީލަތްތައް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭ މަޢުލޫމާތު ޖެންޑަރ މިނިސްޓްރީއަށް ފޯރުކޮށްދިނުމާއި، ފޯރުކޮށްދޭ މަޢުލޫމާތު ބަލައިގަނެ، އެ މަޢުލޫމާތުގެ މައްޗައް ޢަމަލުކުރުމާ ގުޅޭގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޖެންޑަރ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ ފަހުމު ނާމާއެއްގައި ސޮއިކޮށްފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި 2022 މެއި 8 ވަނަ ދުވަހު ބޭއްވި…

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުންދާ މީހުންގެ މެދުގައި ކެރަމް މުބާރާތެއް ބާއްވައިފި

ތާރީޚް
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުންދާ މީހުންގެ މެދުގައި މި ރަމްޟާން މަހު ވަނީ ކެރަމް މުބާރަތެއް ކުރިޔަށް ގެންގޮސްފައެވެ. މި މިބުރާތް ކުރިޔަށް ގެންދެވުނީ 4 ދުވަހަށް ބަހާލައިގެން 21 އޭޕްރިލް 2022 – 24 އޭޕްރިލް 2022ގެ ނިޔަލަށެވެ. މި މުބާރާތުގައި 22 މީހުން ވާދަކޮށްފާވާއިރު މުބާރާތްކުރިޔަށް ގެންދެވުނީ 2 ކެޓެގަރީއަކަށް ބަހާލައިގެން އަންހެން ފިރިހެން ވަކިންނެވެ. އަންހެން ކެޓެގަރީގައި 10 އަންހެނުން ވާދަކޮށްފައިވާއިރު ފިރިހެން ކެޓެގަރީއިން 12 ފިރިހެނުން ވަނީ ވާދަކޮށްފައެވެ.…

ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ޤާއިމު ކުރާ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ށ. އަތޮޅުގައި އިފްތިތާޙްކޮށްފި

ތާރީޚް
ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ޤާއިމުކުރާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ށ. އަތޮޅުގައި އިފްތިތާޙްކޮށްފިއެވެ. މިކަމަށްޓަކައި ށ.އަތޮޅު، އަތޮޅުވެހީގައި ބޭއްވި ރަސްމިއްޔާތުގައި އިބަމަ އިފްތިތާޙްކޮއްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ. އިބަމަ އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ ޖެންޑަރ މިނިސްޓްރީގެ ސެންޓަރެއް އަތޮޅުގެ އެންމެ ރަށެއްގައި ޤާއިމްކުރެވިފައި ވީނަމަވެސް، ކޮންމެ ރަށެއްގައިވެސް، ގިނަ މުއައްސަސާތައް ޤާއިމްކުރެވިފައި އެބަހުރި ކަމަށާއި މި އެންމެހާ މުޢައްސަސާތަކަކީވެސް، އިޖުތިމާޢީ…

ކުރިޔަށް އޮތް ފަސް އަހަރުގެ ޔޫއެންޑީޕީ ގަވަނަންސް ޕޯޓްފޯލިއޯ ހިންގުމަށް ޔޫއެންޑީޕީ މޯލްޑިވްސް އާއި ދިވެހި ސަރުކާރުން ސޮއިކޮށްފި.

ތާރީޚް
މާލެ، މާރިޗު 23، 2022: ޔޫއެންޑީޕީ މޯލްޑިވްސް އިން ކުރިޔަށް އޮތް ފަސް އަހަރު ހިންގުމަށް ހަމަޖެހިފައިވާ އިންޓެގްރޭޓެޑް ގަވަރނަންސް ޕްރޮގްރާމްގައި ސޮއިކޮށްފިއެވެ. އަލަށް އެކުލަވާލެވުނު މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އިންސާނީ ހައްގުތަކާއި މިންތީގެ ހަމަހަމަކަމާއި، ޓެކްނޮލޮޖީއާއި ދޯޅު އަދި ކުރިޔާލާ އެކުލަވާލެވޭ ސިޔާސަތުތަކަށް ބާރު އަޅާ، މުސްތަގިއްލު، ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރެވޭގޮތަށް ދައުލަތް ހިންގުމާއި އަދުލުގެ ނިޒާމު ހިންގުމަށް ބާރުއަޅާ ރައްޔިތުންގެ ބާރާއި އިހުތިޔާރު ހިމެނިގެން ހިންގޭ، ހުޅުވާލެވިފައިވާ ދިމިގްރާތީ ނިޒާމެއް ބިނާކުރުމުގެ…

ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ލޯންޗުކޮށްފި

ތާރީޚް
2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން 22 މާރިޗް 2022 ގައި ބޭއްވި ޖަލްސާގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ލޯންޗް ކޮށްދެއްވައިފިއެވެ. 2016 ވަނަ އަހަރު ތަސްދީޤުކުރެވިފައިވާ ޤާނޫނު ނަންބަރު 2016/18 ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވާލެވުނު ޤައުމީ ޖެންޑަރ އީކުއަލިޓީ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ޔޫ.އެން.ޑީ.ޕީ އަދި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއި…

2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ރަސްމިއްޔާތު ބާއްވައި، ރެހެންދި އެވޯޑް ދީފި

ތާރީޚް
2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ބައްވައި، މި ޖަލްސާގައި 9 ފަރާތަކަށް ރެހެންދި އެވޯޑް ދީފިއެވެ. މާރިޗު މަހުގެ 22 ވަނަ ދުވަހުގެރޭ ހ. މީރުމާގައި ބޭއްވި މި ޖަލްސާގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ނެޝަނަލް ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ވަނީއިފްތިތާޙުކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނެއެވެ. ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، ޤައުމީ…
1 4 5 6 7 8 51