ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ)ގެ ޓެކްނިކަލް ކޮމިޓީގެ މެންބަރުންނަށް ހިންގާ ފުރަތަމަ ތަމްރީން ޕްރޮގްރާމް ބާއްވައިފި

ތާރީޚް
ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ)ގެ ޓެކްނިކަލް ކޮމިޓީގެ މެންބަރުންނަށް އަމާޒުކޮށްގެން ހިންގާ ފުރަތަމަ ތަމްރީނު ޕްރޮގްރާމް 14 ޖޫން އިން 16 ޖޫން 2022 އަށް ބާއްވައިފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ހޯމަ ދުވަހު ހެނދުނު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ. މިންތީގެ ހަމަހަމަ ކަމާއި، ހަމަހަމަ ފުރުޞަތުތަކާއި، އަދުލުވެރިކަން އެންމެންނަށް ފޯރުކޮށްދީ ކަށަވަރުކޮށްދޭ މުޖުތަމަޢުއެއް ބިނާކުރުމަށް ތަސައްވަރުކޮށް، ޤާނޫނު…

“ވޯލްޑް އެލްޑަރ އެބިއުސް އެވެއާރނެސް ޑޭ” އާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އޯޕަން ފޯރަމެއް ބާއްވައިފި

ތާރީޚް
އުމުރުން ދުވަސްވީ މީހުންނަށްކުރާ އަނީޔާއާއި ދެކޮޅަށް ހޭލުންތެރިކުރުމުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އޯޕަން ފޯރަމެއް ބާއްވައިފިއެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދަކީ ދުވަސްވީ މީހުންނަށް ކުރެވޭ އަނިޔާއާއި އިހުމާލުވުމަށް މެދުވެރިވާ ސަޤާފީ، އިޖުތިމާޢީ، އިޤްތިޞާދީ އަދި ޑިމޯގަރާފިކް ސަބަބުތަކާމެދު ހޭލުންތެރިކަން އިތުރުކޮށްގެން، އެފަދަ އަނިޔާއާއި އިހުމާލު އެދޭވޭގޮތެއްގައި ދެނެގަންނާނެ ފުރުޞަތު މުޖުތަމަޢުގެ ރައްޔިތުންނަށް ތަނަވަސްކޮށްދިނުމެވެ. އިސްލާމީ މަރުކަޒުގައި މިއަދު ހަވީރު ބޭއްވި މި ފޯރަމުގައި މިނިސްޓަރ…

ޖީ.އީ.އޭ.ޕީ ކާމިޔާބުކޮށް ކުރިއަށް ގެންދިޔުމަށް ކޮމިޓީ މެންބަރުންގެ ކޮމިޓްމަންޓް ވަރަށް މުހިންމު: މިނިސްޓަރ އާއިޝަތު މުޙައްމަދުދީދީ

ތާރީޚް
މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި މެނިފެސްޓޯގައި މިންތީގެ ހަމަހަމަކަމާއި، އަދި ވަކިން ޚާއްސަކޮށް ޖެންޑަރ މެއިނސްޓްރީމް ކުރުމަށް އިސްކަމެއް ދީފައިވާއިރު، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) ކާމިޔާބުކޮށް ކުރިއަށް ގެންދިޔުމަށް ޓެކްނިކަލް ކޮމިޓީ މެންބަރުންގެ ކޮމިޓްމަންޓް ވަރަށް މުހިންމު ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ. ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ ޓެކްނިކަލް ކޮމިޓީ މެންބަރުންނަށް 14 ޖޫން އިން 16 ޖޫން 2022 ގެ…

ޖީ.އީ.އޭ.ޕީ ލާމަރުކަޒީ އުސޫލުން ތަންފީޒުކުރުމަށް އެފް.ސީ.އެސް.ސީތަކުގެ ދައުރު ވަރަށް ބޮޑު: ޒިފްލީނާ

ތާރީޚް
ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) ލާމަރުކަޒީ އުސޫލުން ތަންފީޒުކުރުމަށް ފެމިލީ އެންޗް ޗިލްޑްރަން ސަރވިސަސް ސެންޓަރ (އެފް.ސީ.އެސް.ސީ) ތަކުގެ ދައުރު ވަރަށް ބޮޑު ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން ވިދާޅުވެއްޖެއެވެ. ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް ދެއްވުމާއި ގުޅިގެން ލާމަރުކަޒީ އުޞޫލުން އެޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ދިނުމުގެ މަޤްޞަދުގައި އައްޑޫ ސިޓީގެ މުއައްސަސާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ…

ނ. މަނަދޫގައި ޤާއިމުކުރި އަމާންވެށި ރަސްމީކޮށް ހުޅުވައި އެތަނަށް ކުދިން ބަދަލުކޮށްފި

ތާރީޚް
ނ. މަނަދޫގައި ޤާއިމުކުރި އަމާންވެށި ރަސްމީކޮށް ހުޅުވައި، މެއި 24 ވީ އަންގާރަ ދުވަހު މަނަދޫ އަމާންވެއްޓަށް، ދައުލަތުގެ ބެލުމުގެ ދަށުން ފިޔަވަތީގައި ބަލަހައްޓަމުންދިޔަ 9 ކުއްޖަކު ވަނީ ބަދަލު ކޮށްފިއެވެ.   ރާއްޖޭގެ 5 ސަރަހައްދެއްގައި މިހާތަނަށް ރަސްމީކޮށްވަނީ އަމާން ވެށިތައް ޤާއިމުކޮށްފައެވެ. އެއީ، ހއ. ދިއްދޫ އަމާންވެށި، ށ. ފުނަދޫ އަމާންވެށި، ނ. މަނަދޫ އަމާން ވެށި، ބ. އޭދަފުށި އަމާންވެށި އަދި ޏ. ފުވައްމުލަށް އަމާންވެއްޓެވެ. މީގެ އިތުރުން، 2022 ވަނަ އަހަރު…

“ޢާއިލީ ގުޅުން ބަދަހިކުރުމުގައި ފިރިހެނުންގެ ޙިއްސާ” ޕްރޮގްރާމް އިފްތިތާޙުކޮށްފި

ތާރީޚް
"ޢާއިލީ ގުޅުން ބަދަހިކުރުމުގައި ފިރިހެނުންގެ ޙިއްސާ" މި ސުރުޚީގެ ދަށުން ފިރެހެނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކުރިއަށްގެންދަން ހަމަޖެހިފައިވާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ 15 މޭ 2022ގެ ހެނދުނު ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެގްޒިބިޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން…
1 3 4 5 6 7 51