ދަރިން ތަރުބިއްޔަތުކުރުމުގައި މާމަ އަދި ކާފަގެ ދައުރާއި ގުޅޭ މަޢުލޫމާތު ސެޝަނެއް ބާއްވައިފި

ތާރީޚް
ދަރިން ތަރުބިއްޔަތު ކުރުމުގައި މާމަ އަދި ކާފަގެ ދައުރާއި ގުޅޭ މަޢުލޫމާތު ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފިއެވެ. ޔުނިސެފް އާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި ވަނީ ކުދިންގެ ދިރިއުޅުމުގައި ކާފަ އަދި މާމަ އަދާކުރާ ރޯލުގެ މުހިންމުކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އޭގެ އިތުރުން ކުދިންނާއި އެކު ވަގުތު ހޭދަކުރުމާއި، މާމަ އަދި ކާފަގެ ދިރިއުޅުމުގެ ތަޖުރިބާތަކާއި، އެމީހުން ބޭނުންކުރި ވަސީލަތްތަކާއި ގުޅޭ މައުލޫމާތުތައް ކުދިންނަށް ކިޔައިދީ އެ ތަޖުރިބާތައް ކުދިންނާއި ހިއްސާކުރުމުގެ ބޭނުންތެރިކަމާއި…

ބ. ފުޅަދޫގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން “އުފާވެރި ރާސްތާ” ޕްރޮގްރާމް ބާއްވައިފި

ތާރީޚް
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބ. ފުޅަދޫގެ ޔޫތް ޑިވެލޮޕްމަންޓް ސޮސައިޓީއާއެކު އިސްރަށްވެހިންނަށް އަމާޒުކޮށްގެން ބ. ފުޅަދޫގައި "އުފާވެރި ރާސްތާ" ޕްރޮގްރާމް މިއަދު ބާއްވައިފިއެވެ. މި ޕްރޮގްރާމުގައި ޖުމްލަ 30 ބައިވެރިން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ. މި ޕްރޮގްރާމުގައި މައިންބަފައިން ބަލަހައްޓަމުން ގެންދާ ފަރާތްތައްވެސް ވަނީ ބައިވެރިވެފައެވެ. އުފާވެރި ރާސްތާ ޕްރޮގްރާމުގައި…

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކ. ގާފަރުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މުޅިން އަލަށް ވަޒީފާއަށް ނިކުންނަން ބޭނުންވެފައިވާ ފަރާތްތަކުގެ ފަންކްޝަނަލް އެސެސްމަންޓް ހަދައިފި

ތާރީޚް
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކ. ގާފަރުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މުޅިން އަލަށް ވަޒީފާއަށް ނިކުންނަން ބޭނުންވެފައިވާ ފަރާތްތަކުގެ ފަންކްޝަނަލް އެސެސްމަންޓް ހަދައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގާފަރަށް ކުރެއްވި ދަތުރުފުޅެއްގައި، އެ ރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ ބޭނުންވެފައި ތިބި ފަރާތްތަކެއް ތިބިކަން ވަނީ ދެނެގަނެވިފައެވެ. އަދި އެފަހުން ގާފަރު ކައުންސިލާއެކު ކުރެވުނު މަސައްކަތްތަކުން، އެ ކައުންސިލުން ވަނީ ގާފަރުގައި ތިބި ނުކުޅެދުންތެރިކަން…

މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއަށް މަސައްކަތްކުރާ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކަށް ނަޒަރެއް!

ތާރީޚް
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރެވޭ މުހިންމު އެއް މަސައްކަތުގެ ތެރޭގައި ދެ ޖިންސުގެ ހަމަހަމަކަން ކަށަވަރުކުރުމަށް ކުރެވޭ ގިނަ މަސައްކަތްތަކެއް ހިމެނެއެވެ. މިގޮތުން "ޖިންސުގެ ހަމަހަމަކަން" ނުވަތަ "މިންތީގެ ހަމަހަމަ" ކަމަކީ، އަންހެނުންނަށާއި ފިރިހެނުންނަށް، ފުރުޞަތުތައް ލިބުމުގެ ހަމަހަމަކަމަށާއި، ފުރުޞަތުތަކަށް ވާޞިލުވުމުގެ ހަމަހަމަކަމަށާއި، ފުރުޞަތުތަކުން ނަތީޖާ ޙާޞިލުކުރުމުގެ ހަމަހަމަކަމަށާއި، ޙައްޤުތަކާއި މިނިވަންކަމުގެ ފުރިހަމަ މަންފާ ހޯދޭފަދަ މަޢުނަވީ ހަމަހަމަކަން ހާސިލްކުރުމެވެ. އެހެންކަމުން މި ޤާނޫނުގެ ދަށުން މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރާ ކޮމިޓީއެއް…

“މިހާރު ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދާ ފަރާތްތަކަށް ކޮންމެ ދުވަހަކުވެސް ބައްދަލުކުރެވޭނެ”

ތާރީޚް
ކ. ޤުރައިދޫގައި ގާއިމްކޮށްފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ހޯދަމުންދާ ފަރާތްތަކާއި ކޮންމެ ދުވަހަކުވެސް ބައްދަލުކުރުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ނައިބު އައިމިނަތު އިސްމާއިލް ވިދާޅުވެއްޖެ އެވެ. ކ. ގުރައިދޫގައި ގާއިމްކުރެވިފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެ ކަންކަމާއި ގުޅޭގޮތުން ޕީ.އެސް.އެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނައިބު ވަޒީރު އައިމިނަތު އިސްމާއިލް…

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ޔުނިސެފްގެ މަންދޫބު ޑރ. އެޑްވަރޑް އައްޑައި އާއި ބައްދަލުކުރައްވައިފި

ތާރީޚް
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ދިވެހިރާއްޖެއަށް އައްޔަނުކުރައްވާފައި ހުންނަވާ ޔުނިސެފްގެ މަންދޫބު ޑރ. އެޑްވަރޑް އައްޑައި އަދި ޔުނިސެފްގެ ޓީމާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ޔުނިސެފް ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކާއި މިހާރު ކުރިއަށް ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ޔުނިސެފްގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމްތަކުގެ ތެރެއިން، ޑޭޓާބޭސް އަދި ކޭސް…
1 2 3 54