ރިވެލި މަޢުރަޒު 2022 ހުޅުވައިފި

ތާރީޚް
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްފައިވާ ރިވެލި މައުރަޒު ހުޅުވައިފިއެވެ. މިކަމަށް މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާއި، މައުރަޒު ހުޅުއްވައިދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެވެ. އަރިހުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި މައުރަޒުގައި ބައިވެރިންގެ އުފެއްދުންތައް ހުށަހަޅާފައިވަނީ…

ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުގައި “ޗައިލްޑް ކެއަރ ސްޕޭސް” ޤާއިމުކުރުން

ތާރީޚް
ވަޒީފާއަދާކުރާ މައިންބަފައިންނަށް ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް، ވަޒީފާއަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ދަޢުލަތުގެ އެކި އިދާރާތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގައި "ޗައިލްޑް ކެއަރ ސްޕޭސް" ޤާއިމުކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން ސްޓެލްކޯގައި ޗައިލްޑް ކެއަރ ސެންޓަރެއް މިއަދު ޤާއިމުކޮށްފިއެވެ. ވަޒީފާއަދާކުރާ ތަނުގައި ޗައިލްޑް ކެއަރ ސްޕޭސްގެ ގޮތުގައި ތަނެއް ޤާއިމުކޮށް ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތުގެ ދަށުން ކުރަންފެށި މަސައްކަތެކެވެ. މިގޮތުން…

އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އިދާރާތަކުގެ ފަރާތްތަކަށް ޓީ.އޯ.ޓީ ތަމްރީން ޕްރޮގްރާމެއް ހިންގައިފި

ތާރީޚް
އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި އިދާރާތަކުގެ ފަރާތްތަކަށް ޚާއްސަކުރެވިގެން ޓީ.އޯ.ޓީ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ޤާއިމު ކުރަމުންދާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެންބަރުން ތަމްރީނު ކުރާނޭ ފެސިލިޓޭޓަރުން ތައްޔާރުކުރުމަށް ހިންގުނު ޕްރޮގްރާމެކެވެ. ކ. ތުލުސްދޫގައި ނޮވެންބަރު 1 – 2 އަށް 30 ބައިވެރިންނާއެކު ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން…

“ރިވެލި ތަރި 2022” މައުރަޒަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

ތާރީޚް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން "ރިވެލި ތަރި" މައުރަޒަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ. "ރިވެލި ތަރި" މައުރަޒުގެ މައިގަނޑު މަޤުސަދަކީ މި މައުރަޒު މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ  މީހުންނާއި، ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމެވެ. މި މައުރަޒުގައި ބައިވެރިކުރާ…

މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ، ހައި-ލެވެލް އިންޓަރގަވަރމެންޓަލް މީޓިންގ އޮން ދަ ފައިނަލް ރިވިއު އޮފް ދަ އޭޝިއަން އެންޑް ޕެސިފިކް ޑިކޭޑް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް، 2013-2022 ގައި ބައިވެރިވެވަޑައިގެންފި

ތާރީޚް
ޖަކާޓާގައި މިއަދު ފެށުނު، ހައި-ލެވެލް އިންޓަރގަވަރމެންޓަލް މީޓިންގ އޮން ދަ ފައިނަލް ރިވިއު އޮފް ދަ އޭޝިއަން އެންޑް ޕެސިފިކް ޑިކޭޑް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް، 2013-2022 އަކީ 19 – 21 އޮކްޓޫބަރު 2022ގެ ނިޔަލަށް ކުރިޔަށްދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ ކޯ-ޗެއަރ ކުރައްވަނީ މިނިސްޓަރ ޢާޢިޝަތު މުޙައްމަދުދީދީއެވެ. މި ބައްދަލުވުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުވާ މުޖުތަމަޢުއެއް ޤައުމުތަކުގައި ބިނާކުރުމަށް، ޔޫ.އެން.ސީ.އާރު.ޕީ.ޑީ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަޑުދަނޑިތައް ހާޞިލުކުރުމަށްޓަކައި އެކުލަވާލާފައިވާ ވަޢުދެއްކަމަށްވާ އެޖެންޑާ…

ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ހަފްލާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ޝަރަފުވެރިކޮށް ދެއްވައިފި

ތާރީޚް
ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ހަފްލާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ޝަރަފުވެރިކޮށް ދެއްވައިފިއެވެ. ކޮންމެއަހަރެއްގެ 1 އޮކްޓޫބަރުގައި ފާހަގަކުރާ ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހަށް އ.ދ. އިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ރެޒިލިއެންސް އޮފް އޯލްޑަރ ޕަރސަންސް އިން އަ ޗޭންޖިންގ ވަރލްޑް" އެވެ ޖެންޑަރ މިނިސްޓްރީގެ ދަށުން ހިނގަމުންދާ 19 އަތޮޅުގެ އެފް.ސީ.އެސް.ސީތަކުގައި މިދުވަސް ކުލަ ގަދަކޮށް ފާހަގަކުރަމުން ދާއިރު، ރަސްމީ ހަރަކާތްތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީގައެވެ. މިގޮތުން، މިއަދު…