ޖޫން 2017 ގައި މިނިސްޓްރީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ޖޫން 2017 ގައި ޖުމްލަ 162 މައްސަލައެއް ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

 • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 83 މައްސަލަ ޖޫން މަހު ވަނީ ރިޕޯޓްކޮށްފައެވެ. މިއީ ޖޫން 2017 ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 51 އިންސައްތައެވެ.
 • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. މިގޮތުން މިބާވަތުގެ ޖުމްލަ 28 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ.
 • މިބާވަތުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށްކުރާ ޖިސްމާނީ ހާނިކައިގެ 22 މައްސަލަ؛ ޖިންސީ ހާނިއްކައިގެ 18 މައްސަލަ؛ ނަފްސާނީ ހާނިކައިގެ 9 މައްސަލައިގެ އިތުރުން ކުދިން ދޫކޮށްލާފައި ދިޔުމުގެ 2 މައްސަލަ ހިމެނެއެވެ.

 

ކުށް ކުރާ ކުޑަކުދިން

 • އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 9 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.
 • މިފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ 1 މައްސަލަ އާއި ވައްކަންކުރުމުގެ 1 މައްސަލައިގެ އިތުރުން ތޫނު އެއްޗެއް ގެންގުޅުމުގެ 1 މައްސަލަ ހިމެނެއެވެ.

 

ކުޑަކުދިންގެ އަޙްލާޤީ މައްސަލަތައް

 • ކުޑަކުދިންގެ އަޙްލާޤީ މައްސަލަތަކުގެ 7 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.
 • މިފަދަ މައްސަލަތަކުގެ ތެރޭގައި ފުރައްސާރަ ކުރުމުގެ 2 މައްސަލަ؛ ގެއިން ނިކުމެގެން ދިޔުމުގެ 2 މައްސަލަ؛ އެހެން ކުދިންނަށް ގަނާކުރުމުގެ 1 މައްސަލަ އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ 1 މައްސަލަ ހިމެނެއެވެ.

 

 

 

ހައްޤުތަކުން ކުޑަކުދިން މަޙްރޫމްކުރުން  

 • ކުޑަކުދިން ތަޢުލީމުގެ ޙައްޤުން މަޙްރޫމްކުރުމާ ގުޅޭ 2 މައްސަލައެއް ޖޫން މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

 

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

 • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 31 މައްސަލަ މިދިޔަ މަހު ވަނީ މިނިސްޓްރީއަށް ހުށަހަޅާފައެވެ. މިއީ، ޖޫން 2017 ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ޖުމްލަ 19 އިންސައްތައެވެ.
 • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މިގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 10 މައްސަލައިގެ ތެރެއިން 7 މައްސަލައަކީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ.
 • މީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ 6 މައްސަލަ؛ ނަފްސާނީ އަނިޔާގެ 5 މައްސަލަ؛ އިހުމާލުވުމުގެ 4 މައްސަލަ އަދި ޖިންސީ އަނިޔާގެ 2 މައްސަލަ ހިމެނެއެވެ.

 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން

 • މިފަދަ މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހެޅިފައިވާ 2 މައްސަލައެއް ހިމެނެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 2 މައްސަލައެއް ހުށަހެޅިފައިވެއެވެ.

 

އަމިއްލަ ނަފްސަށް ގެއްލުން ދިނުން

 • އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ ޖުމްލަ 4 މައްސަލައެއް ޖޫންމަހު މިނިސްޓްރީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައިވެއެވެ.

 

 

 

8  ޖުލައި 2017

 

Leave a Reply

Your email address will not be published. Required fields are marked *