ޖިނާއީ މައްސަލަތަކުގައި، ކުށުގެ ޝިކާރައަކަށްވާ މީހުންނާއެކު މަސައްކަތްކުރުމުގެ ފަހުމު ނާމާއެއްގައި ސޮއިކޮށްފި

ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް އަންނަ މީހުންނަށް ބޭނުންވާނެކަމަށް ފެންނަ ޚިދުމަތްތަކާއި ވަޞީލަތްތައް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭ މަޢުލޫމާތު ޖެންޑަރ މިނިސްޓްރީއަށް ފޯރުކޮށްދިނުމާއި، ފޯރުކޮށްދޭ މަޢުލޫމާތު ބަލައިގަނެ، އެ މަޢުލޫމާތުގެ މައްޗައް ޢަމަލުކުރުމާ ގުޅޭގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޖެންޑަރ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ ފަހުމު ނާމާއެއްގައި ސޮއިކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި 2022 މެއި 8 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމްއެވެ.

8 ޝައްވާލް 1443

9 މޭ 2022

Leave a Reply

Your email address will not be published. Required fields are marked *