ޖަނަވަރީ 2023 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ޖަނަވަރީ 2023 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ޖުމްލަ 300 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

 • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 120 މައްސަލަ ޖަނަވަރީ މަހު ވަނީ ރިޕޯޓުކޮށްފައެވެ.
 • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ 27 މައްސަލައެއް ވަނީ ޖަނަވަރީ 2023 ގައި ހުށަހެޅިފައެވެ.
 • މީގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 27 މައްސަލަ، އިހުމާލުވުމުގެ 23 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 19 މައްސަލަ،  ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން (ބްލެކްމެއިލް ކުރުން) 2 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގާނާ ލިބުމުގެ 2 މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލަ އަދި އެހެނިހެން މައްސަލައިގެ ގޮތުގައި 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

 • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 49 މައްސަލަ، ޖަނަވަރީ މަހު މިނިސްޓްރީ އަށް ވަނީ ހުށަހެޅިފައެވެ.
 • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހިމެނެނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 20 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އަދި ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ 13 މައްސަލައަކާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާއިގުޅޭ 4 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 3 މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ 2 މައްސަލަ، މުދާ ހިފެހެއްޓުން/ މުދަލަށް ގެއްލުންދިނުމުގެ 2 މައްސަލަ، ހިފެހެއްޓުމުގެ އަމަލެއް ހިންގުމުގެ 2 މައްސަލަ، ފާރަލުމުގެ 1 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ އަދި އިހުމާލުވުމުގެ މައްސަލައިގެ ގޮތުގައި 1 މައްސަލަ ޖަނަވަރީ މަހު މިނިސްޓްރީ އަށް ހުށަހެޅިފައެވެ.

ޢާއިލީ މައްސަލަތައް

 • ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 39 މައްސަލައެއް ޖަނަވަރީ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 16 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 10 މައްސަލަ، ހަޟާނާތުގެ 8 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައިޖެހޭ 5 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.

 

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

 • އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 17 މައްސަލަ ޖަނަވަރީ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

 

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުން

 • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 35 މައްސަލަ ޖަނަވަރީ މަހު މިނިސްޓްރީއަށް ވަނީ ހުށަހެޅިފައެވެ.
 • މިގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 28 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 7 މައްސަލައެކެވެ.

އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުން

 • އިޖުތިމާއީ އެހީތެރިކަން ފޯރުކޯށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ 12 މައްސަލައެއް ޖަނަވަރީ މަހު ވަނީ މިނިސްޓްރީއަށް ހުށަހެޅިފައެވެ.
 • އެގޮތުން ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 12 މައްސަލަ ވަނީ ޖަނަވަރީ މަހު ހުށަހެޅިފައެވެ.

އަޚުލާޤީ މައްސަލަތައް

 • ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 13 މައްސަލައެއް ޖަނަވަރީ މަހު ވަނީ ހުށަހެޅިފައެވެ.
 • އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 3 މައްސަލަ، ސުލޫކީ 3 މައްސަލަ، ރުޅި އިސްކުރުން/ ރުޅިގަދަވެ އުޅުމުގެ 2 މައްސަލަ، އެހެން ކުދިންނަށް ގާނާ ކުރުމުގެ 3 މައްސަލަ، ގެއިން ނިކުމެގެން ދިއުމުގެ 1 މައްސަލަ، ރުޅިވެރި، ގަވާއިދާއި ޚިލާފު، ނުވަތަ އިޖްތިމައީ ގުޅުން ބަދަހި ކުރުމަށް އުޒުރަވެރިވާ ޢަމަލުގެ 1 މައްސަލަ، ކުށުގެ ވެއްޓަށް ހުށަހެޅިދާނެ އަމަކުތަކުގެ 1 މައްސަލަ އަދި އެހެނިހެން މައްސަލައިގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި މައްސަލަތައް

 • ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި މައްސަލަތަކުގެ ތެރެއިން ކުދިން ސްކޫލަށް ނުފޮނުވުމުގެ 5 މައްސަލަ، ތަޢުލީމަށް ހުރަސް އެޅުމުގެ 2 މައްސަލަ، އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ 1 މައްސަލަ އަދި ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތައް

 • ކުށުގެވެއްޓަށް ހުށަހެޅިދާނެ އަމަލުތަކުގެ މައްސަލަތަކުގެ ތެރެއިން 6 މައްސަލަ ޖަނަވަރީ 2023 ގައި މިނިސްޓްރީއަށް ވަނީ ހުށަހެޅިފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

 • ޖަނަވަރީ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 183 އެވެ.
 • ޖަނަވަރީ މަހުގައި ދައުލަތަށް އަލަށް 1 ކުއްޖެއް ނެގިފައިވާއިރު، 1 ކުއްޖަކު ވަނީ ފޮސްޓަރ ކުރެވިފައި، 3 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވި އަދި 18 އަހަރު ފުރުމާއި ގުޅިގެން 1 ކުއްޖަކަށް ވަޒީފާ ހޯދަދެވިފައިވެއެވެ.

08 ޝަޢުބާން 1444

28 ފެބްރުއަރީ 2023

Leave a Reply

Your email address will not be published. Required fields are marked *