ޑިސެންބަރު 2021 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ޑިސެންބަރު 2021 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމްލަ 220 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ:

  • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 104 މައްސަލަ ޑިސެންބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 27 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
  • މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 23 މައްސަލަ،ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 20 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 16 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 08 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 06 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ 02 މައްސަލަ، އަހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮސް ގަނާ ލިބުމުގެ 01 މައްސަލަ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 01 މައްސަލަ ހުށަހެޅިފައިވެއެވެ.

 

ޢާއިލީ މައްސަލަތައް

  • ޢާއިލީ 24 މައްސަލަ ޑިސެންބަރުމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 10 މައްސަލަ ކުދިން ބެލުމުގައި ޖެހޭ 07 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 07 މައްސަލަ ހިމެނެއެވެ.

 

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 48 މައްސަލަ ޑިސެންބަރުމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ  24 މައްސަލައެވެ.
  • މިބާވަތުގެ މައްސަލަތަކުގެ އިތުރުން ނަފްސާނީ އަނިޔާކުރުން / އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 09 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 03 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 01 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 01 މައްސަލަ، ޖިންސީ ފުރައްސާރައިގެ 01 މައްސަލަ، މާލީ / އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 01 މައްސަލަ، މުދާ ހިފެއްޓުމާއި / މުދަލަށް ގެއްލުންދިނުމުގެ 01 މައްސަލަ އަދި ހިފެހެއްޓުމުގެ އަމަލުގެ 01 މައްސަލަ ހިމެނެއެވެ.

 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލަ ޑިސެންބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 08 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 05 މައްސަލަ ހިމެނެއެވެ.

 

އަޚުލާޤީ މައްސަލަތައް

  • ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 12 މައްސަލަ ޑިސެންބަރުމަހު ވަނީ ހުށަހަޅައިފައެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 06 މައްސަލަ،  ރުޅި އިސްކުރުން / ރުޅި ގަދަވެގެން އުޅުމުގެ 03 މައްސަލަ އަދި ގެއިން ނުކުމެގެން ދިއުމުގެ 03 މައްސަލަ ހިމެނެއެވެ.

  

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

  • އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 10 މައްސަލަ ޑިސެންބަރު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.
  • މިފަދަ މައްސަލަތަކުގެ ތެރޭގައި އަމިއްލަ މަރުވާން ހިޔާލު އައުމުގެ 04 މައްސަލަ، އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ 03 މައްސަލަ އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 03 މައްސަލަ ހިމެނެއެވެ.

 

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން

  • ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 06 މައްސަލަ ޑިސެންބަރުމަހު ވަނީ ރިޕޯޓުކޮށްފައެވެ.
  • އެއީ ސާފުބޯފެނާއި / ކަރަންޓުގެ ހިދުމަތް ކަނޑާލުމުގެ 03 މައްސަލަ، އައި.ޑީ/ޕާސްޕޯޓް/އުފަންދުވަހުގެ ސެޓްފިކޭޓް ހޯދުމާބެހޭ 01 މައްސަލަ، ކުދިންއަށް ވެކްސިން ނުދިނުމުގެ 01 މައްސަލަ އަދި ތަޢުލީމަށް ހުރަސްއެޅުމުގެ 01 މައްސަލައެވެ.

ޤާނޫނާއި ގަވާއިދާ ހިލާފަވުން

  • ޤާނޫނާއި ގާވާއިދާ ހިލާފުވުމުގެ 03 މައްސަލަ ޑިސެންބަރުމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
  • އެއީ އިތުރު 03 މައްސަލައެވެ.

 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

  • ޑިސެމްބަރ މަހުގައި 01 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވޭ އަދި 05 ކުދިން ރީއިންޓަރގްރޭޓް ކުރެވި އަދި 01 ކުއްޖަކަށް ވަޒީފާ ހޯދައި މުޖްތަމައުއަށް އިންޓަގްރޭޓް ކުރެވިފައިވެއެވެ.
  • ޑިސެމްބަރުމަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 202 އެވެ.

28 ޖުމާދަލްއާޚިރާ 1443

31 ޖަނަވަރީ 2021

Leave a Reply

Your email address will not be published. Required fields are marked *