ސެޕްޓެންބަރު 2022 ގައި މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

ސެޕްޓެންބަރު 2022 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ޖުމްލަ 219 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

 • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ސެޕްޓެންބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ.
 • މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި އިހުމާލުވުމުގެ މައްސަލަ، ޖިންސީ ހާނިއްކައިގެ މައްސަލަ، އަދި ޖިސްމާނީ ހާނިއްކައިގެ މައްސަލަ ހިމެނެއެވެ. އެ ގޮތުން މިއިން ކޮންމެ ދާއިރާއެއްގެ 19 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.ޕ
 • މީގެ އިތުރުން، ނަފްސާނީ ހާނިއްކައިގެ 18 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުންމުގެ 10 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 3 މައްސަލަ، ބްލެކްމެއިލް ކުރުމުގެ 2 މައްސަލަ އަދި ފުރައްސާރައިގެ ޝިކާރަކައަކަށްވުމުގެ 2 މައްސަލަ މި ކެޓަގަރީން ވަނީ ހުށަހެޅިފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

 • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ ސެޕްޓެންބަރު މަހު މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފައެވެ.
 • މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ނަފްސާނީ އަނިޔާކުރުން/ އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 19 މައްސަލަތަކެވެ.
 • މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ޖިސްމާނީ އަނިޔާކުރުމުގެ 10 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 2 މައްސަލަ،  ހިފެހެއްޓުމުގެ އަމަލުގެ 2 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 2 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

ޢާއިލީ މައްސަލަތައް

 • ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 30 މައްސަލައެއް ސެޕްޓެންބަރުމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
 • މި ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 16 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 9 މައްސަލަ އަދި ހަޟާނާތުގެ 5 މައްސަލަ ހިމެނެއެވެ.

 

އަމިއްލަ ނަފުސަށް ގެއްލުން ދިނުން

 • އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 19 މައްސަލަ ސެޕްޓެންބަރު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުން

 • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 18 މައްސަލަ ސެޕްޓެންބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
 • މިގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 13 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 5 މައްސަލައެކެވެ.

އަޚުލާޤީ މައްސަލަތައް

 • ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 13 މައްސަލައެއް ސެޕްޓެންބަރު މަހު ވަނީ ހުށަހެޅިފައެވެ.
 • މިފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 5 މައްސަލަ، ގެއިން ނިކުމެގެން ދިއުމުގެ 3 މައްސަލަ، ސްލޫކީ 3 މައްސަލަ، ރުޅި އިސްކުރުން/ ރުޅިގަދަވެގެން އުޅުމުގެ 1 މައްސަލަ، ރުޅިވެރި/ ގަވާއިދާއި ޚިލާފް/ ނުވަތަ އިޖްތިމާޢީ ގުޅުން ބަދަހި ކުރުމަށް އުޒުރަވެރިވުމުގެ 1 މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުން

 • ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 5 މައްސަލައެއް ސެޕްޓެންބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ.
 • މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ކުދިން ސްކޫލަށް ނުފޮނުވުމުގެ 4 މައްސަލަ އަދި އައި.ޑީ ކާޑް/ ޕާސްޕޯޓް/ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާ ގުޅޭ މައްސަލަތަކުގެ 1 މައްސަލަ ހުށަހެޅިފައިވެއެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތައް

 • ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުގެ ގޮތުގައި ސެޕްޓެންބަރު މަހު ހުށަހެޅިފައިވަނީ 1 މައްސަލައެވެ.

އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުން

 • އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާއި ގުޅޭގޮތުން ސެޕްޓެންބަރު މަހު ހުށަހެޅިފައިވަނީ 1 މައްސަލައެވެ.
 • މިބާވަތުގެ މައްސަލަތަކުގެ ތެރެއިން ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 1 މައްސަލަ ހުށަހެޅިފައިވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި، ފޮސްޓަރކުރެވުނު އަދި ރީއިންޓަރގްރޭޓް ކުރެވުނު ކުދިން

 • އޮގަސްޓުމަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 186 އެވެ.
 • ސެޕްޓެންބަރުމަހުގައި 4 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި، 3 ކުއްޖެއް ރީއިންޓަރގްރޭޓް ކުރެވި، 2 ކުއްޖަކު ފޯސްޓަރކުރެވި، އަދި 18 އަހަރު ފުރުމާއި ގުޅިގެން 1 ކުއްޖަކަށް ވަޒީފާ ހޯދަދެވިފައިވެއެވެ.

29 ރަބީޢުލްއައްވަލް 1444

25 އޮކްޓޫބަރު 2022

Leave a Reply

Your email address will not be published. Required fields are marked *