ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން (ސައިވާކް)ގެ 8ވަނަ ގަވަނިންގ ބޯޑު މީޓިންގ ފަށައިފި

ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން” (ސައިވާކް)އާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގުޅިގެން މި މަހުގެ 17ން 19ށް ކުރިއަށް ގެންދާ ސައިވާކްގެ 8ވަނަ ގަވަނިންގ ބޯޑު މީޓިންގ މިއަދު ފަށައިފިއެވެ.

ހުޅުމާލޭ ޔޫތު ސެންޓަރުގައި ކުރިއަށްދާ މި ބައްދަލުވުމުގެ މަޤްޞަދަކީ ސައިވާކް މޫވްމަންޓްގެ ފަރާތުން ހާސިލުކުރަމުން ދާ ކުރިއެރުންތަކާއި، ކުރިމަތިވާ އެކި ބާވަތްތަކުގެ ގޮންޖެހުންތަކާ ގުޅޭ ގޮތުން މެންބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކޮށް، ސައިވާކްގެ 7ވަނަ ގަވަނިންގ ބޯޑު މީޓިންގގައި ނިންމުނު ކަންތައްތައް ހާސިލުކުރުމުގައި ހޯދިފައިވާ ކުރިއެރުންތައް ދެނެގަތުމާއި، 5ވަނަ ސައިވާކް މިނިސްޓީރިއަލް މީޓިންގގެ ލަނޑުލަނޑިތަކާއި ތައްޔާރީތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރުމެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެންބަރު ހުރިހާ ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ދިވެހިރާއްޖޭގައި މި ބައްދަލުވުން ބޭއްވޭ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، މި ބައްދަލުވުމާ ގުޅޭ ޕްރީ-ޓެކްނިކަލް ސެޝަނެއް އިއްޔެ ކުރިއަށް ގެންގޮސްފައިވެއެވެ.

ސައިވާކްއަކީ ދެކުނު އޭޝިއާގައި ދިރިއުޅޭ ކުޑަކުދިން އެކި ބާވަތްތަކުގެ އަނިޔާ، ހާނިއްކަ، ނަހަމަ ގޮތުގައި ބޭނުންކުރުން، އިހުމާލުވުން އަދި ނަސްލީ ތަފާތުކުރުމުން އެއްކިބާވެފައިވާ މާޙައުލެއްގައި ބޮޑުވުމުގެ ޙައްޤު ތަނަވަސްކޮށްދިނުމުގެ ތަސައްވުރުގައި ސާކްގެ މެންބަރު 8 ޤައުމުގެ މައްޗަށް އުފެދިފައިވާ އިންޓަރ-ގަވަރމެންޓް ސާކް އެޕެކްސް ބޮޑީއެކެވެ.

18 ޞަފަރު  1441

17 އޮކްޓޫބަރު 2019

Leave a Reply

Your email address will not be published. Required fields are marked *