ސަރުކާރުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އާޓްސް ޕްރޮގްރާމްތަކެއް ހިންގުމަށް އެން. ސީ. އޭ.އާއެކު މިނިސްޓްރީއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ނޭޝަނަލް ސެންޓަރ ފޮރ އާޓްސް (އެން. ސީ. އޭ.)އާއި ގުޅިގެން ސަރުކާރުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އާޓްސްގެ ދާއިރާއިން ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިން (އެމް. އޯ. ޔޫ.) އެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ.

މި އެމް. އޯ. ޔޫ.ގެ ދަށުން ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އެން. ސީ. އޭ.އިން އާޓް އަދި މިއުޒިކް ކްލާސްތަކެއް ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވެއެވެ. މިގޮތުން، ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅޭ 6 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށާއި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 10 އަހަރުން މަތީގެ ކުދިންނަށް މިފަދަ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން މިދާއިރާއިން ޙާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށްވެސް ވަނީ އެއްބަސްވެފައެވެ.

މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާތީ އެން. ސީ. އޭ. އަށް މިނިސްޓްރީއިން ވަރަށް ޙާއްސަ ޝުކުރެއް ދަންނަވަމެވެ. މިނިސްޓްރީގެ އުއްމީދަކީ، ކުދިންނަށް މިދާއިރާގެ ހުނަރުތަކާއި ފަންނުތައް ދަސްކޮށްދީ، އަމިއްލަ ހިޔާލުފާޅުކުރަން ބާރުވެރިކޮށްދިނުމެވެ.

26 ޖެނުއަރީ 2017

Leave a Reply

Your email address will not be published. Required fields are marked *