ގެވެށި އަނިޔާ ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން އެފް.ސީ.އެސް.ސީތަކަށް އަމާޒުކޮށްގެން ވަރޗުއަލް ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފި

“ގެވެށި ގުޅުން” ކެމްޕޭންގެ ތެރެއިން ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ(އެފް.ޕީ.އޭ) ގުޅިގެން ދެ ދުވަހުގެ ވަރޗުއަލް ޓްރެއިނިންގ ޕްރޮގްރާމެއް މިއަދު ހެނދުނު ފަށައިފިއެވެ.

18 އެފް.ސީ.އެސް.ސީ އަކުން ޖުމްލަ 33 މުވައްޒަފުން ބައިވެރިވި މި ޓްރެއިނިންގ ޕްރޮގްރާމް ފަށްޓަވައިދެއްވެވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ އެވެ. މި ޕްރޮގަރާމުގެ މަޤްޞަދަކީ ގެވެށި އަނިޔާ ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، އަތޮޅުތެރޭގައި ޕްރޮގްރާމް ހިންގާނެ މުވައްޒަފުން ބިނާކުރުމެވެ.

ޕްރޮގްރާމްގެ ބައިވެރިންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މުޖުތަމަޢުގައި ގެވެށި އަނިޔާ ހުއްޓުވަން ބޭނުންނަމަ ސްކޫލް ކުދިންނާ ހަމައިން ފެށިގެން ގޮސް އުމުރުން ދުވަސްވީ މީހުނަށްވެސް މިކަމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭން ޖެހޭކަމަށާއި، އެ ސަބަބަށްޓަކައި މިކަން ކުރެވޭނެ އީޖާދީ ގޮތްތައް ހޯދާއި، ކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެފް.ސީ.އެސް.ސީ ތަކުން ކުރަމުންދާ މަސައްކަތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރުން މުހިއްމުކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.  

4 މުޙައްރަމް  1442

23  އޮގަސްޓް  2020

Leave a Reply

Your email address will not be published. Required fields are marked *