މެލޭޝިޔާގައި ދަޢުލަތުގެ ބެލުމުގެ ދަށުގައި ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން ދިރިއުޅޭ ބައެއް މަރުކަޒުތަކަށް މިނިސްޓަރ ޒެނިޝާ ޒިޔާރަތްކުރައްވައިފި

މެލޭޝިޔާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން ދިރިއުޅޭ ބައެއް މަރުކަޒުތަކަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނިޝާ ޝަހީދު ޒަކީ ޒިޔާރަތްކުރައްވައިފިއެވެ. މިޒިޔާރަތުގައި މިނިސްޓަރ ޒެނީޝާ ވަޑައިގެންނެވި މަރުކަޒުތަކުގެ ތެރޭގައި ޙާއްސަ ރައްކާތެރިކަން ބޭނުންވާ ކުޑަކުދިން ބަލަހައްޓާ މަރުކަޒަކާއި، ކުށްކުރާ ކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމަޢުއަށް ގެނައުމަށް މަސައްކަތްކުރާ މަރުކަޒަކާއި، ދޮށީ އުމުރުގެ މީހުން ބަލަހައްޓާ މަރުކަޒެއްގެ އިތުރުން ދޮށީ އުމުރުގެ މީހުންގެ އެކްޓިވިޓީ ސެންޓަރެއް ހިމެނެއެވެ.

މިޒިޔާރަތުގައި މިނިސްޓަރ ޒެނީޝާ ވަނީ އެމަރުކަޒުތައް ހިންގެވުމާއި ހަވާލުވެވަޑައިގެން ތިއްބެވި އިސްފަރާތްތަކާއި، އެތަންތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ، މިފަދަ މަރުކަޒުތަކުގައި ހިންގާ ތަފާތު ޕްރޮގްރާމްތަކާއި ހަރަކާތްތަކުގެ މައުލޫމާތުގެ ހޯއްދަވައި، މިފަދަ މަރުކަޒުތަށް ހިންގުމުގެ ޢަމަލީ އަދި ފަންނީ ތަޖުރިބާ އާއި ބެހޭ މައުލުމާތު އޮޅުންފިލުއްވާފައެވެ. 

މިނިސްޓަރ ޒެނީޝާގެ މި ދަތުރުފުޅަކީ މެލޭޝިޔާގެ މިނިސްޓްރީ އޮފް ވިމެން، ފެމިލީ އެންޑް ކޮމިއުނިޓީ ޑިވެލޮޕްމެންޓް އާއި ޔުނެސްކޯ ގުޅިގެން ކުރިޔަށް ގެންދިޔަ އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ފޯރަމް އޮފް ދި މެނޭޖްމަންޓް އޮފް ސޯޝަލް ޓްރާންސްފޯމޭޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުއާލަ ލަމްޕޫރުރަށް ކުރެއްވި ދަތުރުފުޅެކެވެ.

26 މާރޗް 2017

Leave a Reply

Your email address will not be published. Required fields are marked *