މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ‘ޓްރެއިނިންގ އޮފް ޓްރެއިނާސް އޮން ޖެންޑަރ’ ޕްރޮގްރާމް 22 ފަރާތަކުން ފުރިހަމަކޮށްފި

އޭޝިއަން ޑިވެލޮޕްމަންޓް ބެންކުގެ އެހީގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މިމަހު 8 އިން 14 އަށް ކުރިއަށް ގެންދިޔަ ‘ޓްރެއިނިންގ އޮފް ޓްރެއިނާސް އޮން ޖެންޑަރ’ ޕްރޮގްރާމްގެ ނިންމުން މިއަދު ފާހަގަކޮށްފިއެވެ. މި ޕްރޮގްރާމަކީ ދައުލަތުގެ މުއައްސަސާތައް ޖެންޑަރއާ ގުޅޭ މައްސަލަތަކަށް އަހުލުވެރިކުރުވުމަށާއި، އެ މުއައްސަސާތަކުގައި ‘ޖެންޑަރ’ގެ ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތްތެރިވާނޭ ޤާބިލު ‘ޖެންޑަރ ޓްރެއިނަރުން’ ބިނާ ކުރުމުގެ މަޤްޞަދުގައި ހިންގުނު ޕްރޮގްރާމެކެވެ.

މި ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމުގެ ބައިވެރިންނަށް، ޖެންޑަރގެ ތަފާތުކުރުންތަކަކީ މުޖުތަމަޢުތަކުގައި އަށަގަނެފައިވާ ޤަބޫލުކުރުންތަކެއްގެ ސަބަބުން އަށަގެންފައިވާ އާދަތަކެއްކަމާއި، ‘އަންހެން-ފިރިހެން’ ތަފާތުކުރުންތަކުގެ ސަބަބުން މުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރުތައް ފޯރާވަރާއި، އަދި މިތަފާތުކުރުންތަކުގެ ސަބަބުން ގެއްލިފައި އަދި ނިގުޅައިގަނެވިފައިވާ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ދިވެހިރާއްޖޭގައި އަލަށް ހެދިފައިވާ، އަދި މުރާޖާކުރެވިފައިވާ ޤާނޫނުތަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާ ގުޅޭގޮތުން މަޢުލޫމާތު ދެވިފައިވެއެވެ.

ދައުލަތުގެ އެކި އިދާރާތަކަށާއި ކުންފުނިތަކަށް ނިސްބަތްވާ 22 ފަރާތަކުންވަނީ މި 5 ދުވަހުގެ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ޓްރެއިނިންގ ފުރިހަމަކުރި ފަރާތްތަކަށް ހަނދާނީލިޔުން ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޖެންޑަރ އެންޑް ފެމިލީ ޑރ. މަރިޔަމް ޖަބީންއެވެ.

03 ޛުލްޙިއްޖާ 1438

25 އޮގަސްޓު 2017

Leave a Reply

Your email address will not be published. Required fields are marked *