މާޗް 2017ގައި މިނިސްޓްރީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް

މާޗް 2017ގައި ޖުމްލަ 279 މައްސަލަ ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓްކޮށް އެޓެންޑްކޮށްފައެވެ.  

 ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ

 • ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 142 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. މިއީ، މާޗް 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 50%އެވެ.
 • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 50 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މީގެ ތެރެއިން 40 މައްސަލައަކީ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެންކުދިންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ. 

 • މީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި އިހުމާލުވުމުގެ 41 މައްސަލަ؛ ޖިސްމާނީ އަނިޔާގެ 26 މައްސަލަ؛ ނަފްސާނީ އަނިޔާގެ 23 މައްސަލަ؛ އަދި ހަނގާކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

 ކުށް ކުރާ ކުޑަކުދިން

 • އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 10 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.
 • މިފަދަ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތި ގެންގުޅުމުގެ 1 މައްސަލަ؛ ވައްކަންކުރުމުގެ 1 މައްސަލަ؛ ޖިސްމާނީ އަނިޔާކުރުމުގެ 1 މައްސަލަ އަދި މުދަލަށާއި ތަކެއްޗަށް ގެއްލުންދިނުމާ ގުޅޭ 1 މައްސަލަ ހިމެނެއެވެ.

 ކުޑަކުދިންގެ އަޙްލާޤީ މައްސަލަތައް

 • ކުޑަކުދިންގެ އަޙްލާޤީ މައްސަލަތަކުގެ 17 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.
 • މިފަދަ މައްސަލަތަކުގެ ތެރޭގައި “ޓެމްޕަރ ޓެންޓްރަމްސް”އާ ގުޅޭ 10 މައްސަލަ؛ ގެއިން ފިލައިގެން ދިޔުމުގެ 3 މައްސަލަ؛ ގޯނާކުރުމުގެ 3 މައްސަލަ އަދި ހަނގާކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

ހައްޤުތަކުން ކުޑަކުދިން މަހްރޫމްކުރުން  

 • ހައްޤުތަކުން ކުޑަކުދިން މަޙްރޫމްކުރުމާ ގުޅޭ 8 މައްސަލަ މާޗް 2017ގައި މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
 • މިފަދަ މައްސަލަތަކުގެ ތެރޭގައި، ސިއްޙީ ފަރުވާ ފޯރުކޮށްނުދިނުމުގެ 4 މައްސަލަ؛ ސާފު ބޯފެނާއި ކަރަންޓު ފޯރުކޮށްނުދިނުމުގެ 2 މައްސަލަ؛ ތަޢުލީމްފޯރުކޮށްނުދިނުމާ ގުޅޭ 1 މައްސަލަ އަދި އުފަންދުވަހުގެ ސެޓްފިކެޓް ނުހެއްދުމުގެ 1 މައްސަލަ ހިމެނެއެވެ.

 ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

 • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 44 މައްސަލަ ވަނީ މިނިސްޓްރީއަށް ހުށަހަޅާފައެވެ. މިއީ، މާޗް 2017ގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 15%އެވެ.
 • މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. މީގެ ތެރެއިން 21 މައްސަލައަކީ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ.
 • މީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ އަނިޔާގެ 10 މައްސަލަ؛ ޖިންސީ އަނިޔާގެ 4 މައްސަލަ؛ އިހުމާލުވުމުގެ 2 މައްސަލަ އަދި ބިރުދެއްކުމުގެ 2 މައްސަލަ ހިމެނެއެވެ.

 ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން

 • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 11 މައްސަލަ މާޗް 2017ގައި މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
 • މިފަދަ މައްސަލަތަކުގެ ތެރޭގައި ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 7 މައްސަލަ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ 4 މައްސަލަ ހިމެނެއެވެ.

 އަމިއްލަ ނަފްސަށް ގެއްލުން ދިނުން

 • އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ 6 މައްސަލަ މިނިސްޓްރީއަށް ވަނީ ރިޕޯޓްކޮށް އެޓެންޑްކޮށްފައެވެ.

30 އޭޕްރިލް 2017

Leave a Reply

Your email address will not be published. Required fields are marked *