އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ފޯރަމް އޮފް ދި މެނޭޖްމަންޓް އޮފް ސޯޝަލް ޓްރާންސްފޯމޭޝަންސް ޕްރޮގްރާމްގައި މިނިސްޓަރ ޒެނީޝާ ބައިވެރިވަޑައިގެންފި

މިމަހު 22 އިން 23 އަށް މެލޭޝިޔާގެ ވެރިރަށް ކުއަލަރ ލަމްފޫރުގައި ހިނގަމުންދާ އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ފޯރަމް އޮފް ދި މެނޭޖްމަންޓް އޮފް ސޯޝަލް ޓްރާންސްފޯމޭޝަންސް ބައްދަލުވުމުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންފިއެވެ. މިބައްދަލުވުމުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ “އެންމެން ޝާމިލުވާ މުޖުތަމަޢުތައް އޭޝިއާ ޕެސިފިކް ސަރަހައްދުގައި ބިނާކުރުން” އެވެ. އަދި ޚާއްސަކޮށް އުމުރުންދުވަސްވީ މީހުންގެ ހައްޤުތަކާއި އަންހެނުން ހައްޤުތައް ކުރިއެރުވުމާއި، އިޖްތިމާޢީ އުފެއްދުންތެރިކަމުގެ ދާއިރާތަކަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.

އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރުމުގެ މުހިއްމުކަމާމެދު މަޝްވަރާކުރުމަށް ބޭއްވުނު ޕެނަލް ޑިސްކަޝަންގައިވެސް މިނިސްޓަރ ޒެނީޝާ ވަނީ ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގައި ދޮށީ އުމުރުގެ މީހުންގެ ހައްޤުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ‘ރަންވޭލާ’ ކެމްޕެއިންގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މި މަޝްވަރާ ބައްދަލުވުމުގައި ދޮށީ އުމުރުގެ މީހުން އަނިޔާ އާއި އިހުމާލުން ރައްކާތެރިކުރުމުގައި އަދި އުމުރުންދުވަސްވީ މީހުންނާ ގުޅޭ ކަންތައްތަކުގައި ގޮތް ނިންމާއިރު އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގައި އާއިލާ އާއި މުޖުތަމަޢުގެ މުހިއްމު ދައުރު މިނިސްޓަރ ޒެނީޝާ ފާހަގަކުރެއްވިއެވެ.

މިފޯރަމްއަކީ މެލޭޝިއާގެ މިނިސްޓްރީ އޮފް ވިމެން، ފެމިލީ އެންޑް ކޮމިއުނިޓީ ޑިވެލޮޕްމެންޓް އާއި ޔުނެސްކޯ ގުޅިގެން އިޖްތިމާޢީ ދާއިރާގެ ސިޔާސަތުތައް އުފައްދާ ތަންފީޒުކުރުމުގެ މަސައްކަތްތައް މިހާރަށްވުރެން ހަރުދަނާކުރުމުގެގޮތުން ތަފާތު ޤައުމުތަކުގެ ތަޖުރިބާކާރުންގެ މެދުގައި މަޝްވަރާކޮށް މަޢުލޫމާތު ހިއްޞާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. 

23 މާރޗް 2017

Leave a Reply

Your email address will not be published. Required fields are marked *