އަންހެންނުނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ 16 ދުވަހުގެ އެކްޓިވިޒަމް ކެމްޕެއިން މިނިސްޓްރީން ފެށުން

އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ކުރިޔަށްގެންދާ 16 ދުވަހުގެ އެކްޓިވިޒަމް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ޔޫ.އެން ވިމެން ގުޅިގެން ދޮރުން ދޮރަށް ކެމްޕެއިނެއް މިއަދު ވަނީ ޅަވިޔަނި އަތޮޅުގައި ފަށާފައެވެ. މި ކެމްޕެއިންގެ މަޤްސަދަކީ ގެވެށި އަނިޔާ އަދި ކުޑަކުދިންނަށް ކުރާ އަނިޔާއާ މެދު މުޖުޠަމައުގެ ހޭލުންތެރިކަން އިތުރުކޮށް އަދި މިފަދަ ޢަމަލުތަކާ މެދު އާއްމުންގެ ވިސްނުން ހުރިގޮތް ދެނަގަތުމަށް މަޢުލޫމާތު ހޯދުމެވެ.  

 “އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މުޖުތަމަޢުގަ ހޭލުންތެރިކަން އިތުރުކޮށް، އަނިޔާލިބެމުންދާ އަންހެނުންނާއި ކުދިންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެއް” މިނިސްޓަރ ޒެނީޝާ މިދުވަހާ ގުޅޭގޮތުން ވިދާޅުވިއެވެ.

16 ދުވަހުގެ އެކްޓިވިޒަމް އަކީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ކޮންމެ އަހަރަކުވެސް ނޮވެމްބަރު މަހުގެ 25 އިން ޑިސެންބަރު މަހުގެ 10 އަށް ފާހާގަ ކުރާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ މިއަހަރު ޝިޢާރަކީ : “އޮރެންޖް ދި ވޯލްޑް: ރެއިޒް މަނީ ޓު އެންޑް ވަޔަލަންސް އަގައިންސް ވިމެން އެންޑް ގާރލްސް”. މިއަދު ފެށުނު ދޮރުން-ދޮރަށް ކެމްޕެއިންގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ގުޅިގެން ސޯޝަލް މީޑިއާ ކެމްޕެއިނެއް ކުރިޔަށް ގެންދިޔުމަށް ވެސްވަނީ ހަމަޖެހިފައެވެ.

1991 އިން ފެށިގެން ފާހަގަކުރާ ބައިނަލްއަޤްވާމީ ކެމްޕެއިނެއް ކުރިޔަށް ގެންދިޔުމުގެ މަޤްސަދަކީ އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާ މެދު މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި އަންހެނުންނާއި ގުޅުން ހުރި މައްސަލަތަކަކީވެސް އިންސާނީ ހައްޤުތަކާއީ ގުޅުން ހުރި މައްސަލަތައްކަން ފާހަގަ ކުރުމެވެ. 2010 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ކޮންމެ އަހަރަކުވެސް މި ކެމްޕެއިން ދަނީ ފާހާގަކުރަމުންނެވެ.  

25 ނޮވެމްބަރު 2016

Leave a Reply

Your email address will not be published. Required fields are marked *