ކުޑަކުދިންނަށް ޚާއްޞަ އިންޓަވިއު ރޫމްތަކެއް ފ.ނިލަންދޫއާއި ދ.ކުޑަހުވަދޫގައި ގާއިމުކޮށްފި

ކުޑަކުދިންނަށް ޚާއްޞަ އިންޓަވިއު ރޫމް (ޗައިލްޑް-ފްރެންޑްލީ އިންޓަރވިއު ރޫމް)ތަކެއް ފ.ނިލަންދޫއާއި ދ.ކުޑަހުވަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)ތަކުގައި ގާއިމުކޮށްފިއެވެ.

ޔުނިސެފް މޯލްޑިވްސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ގާއިމުކުރި މި ދެ އިންޓަވިއު ރޫމް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ އެންޑް ފެމިލީ ޑރ. މަރިޔަމް ޖަބީނެވެ.

ކުޑަކުދިންނަށް ޚާއްޞަ އިންޓަވިއު ރޫމް އަތޮޅުތެރޭގައި ގާއިމުކުރުމުގެ މަޤްޞަދަކީ ހާނީއްކައާއި އިހުމާލު އަދި އަނިޔާގެ ޝިކާރައަށް ވެފައިވާ ކުދިންނާ މުޢާމަލާތުކުރުމަށް އެކަށީގެންވާ މާޙައުލެއް ގާއިމުކޮށްދީ، ކުޑަކުދިންނާ ގުޅުންހުރި ތަޙުޤީޤުތައް ހަރުދަނާކުރުމެވެ. ކުދިންގެ އުމުރުފުރާތަކަށް ޚާއްޞަކުރެވިގެން ގާއިމުކުރާ މި ފަދަ ވަސީލަތްތަކުގެ ސަބަބުން ތަޙުޤީޤުގެ މަރުޙަލާގައި ކުޑަކުދިންނަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަކުރުމަށް އެހީތެރިވެދެއެވެ.

ކުޑަކުދިންނަށް ޚާއްޞަ އިންޓަވިއު ރޫމްތައް ހުރިހާ އެފް.ސީ.އެސް.ސީތަކެއްގައި ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.

29 ޖުމާދަލްއާޚިރާ 1439

17   މާރިޗު   2018

Leave a Reply

Your email address will not be published. Required fields are marked *