ކުރިޔަށް އޮތް ފަސް އަހަރުގެ ޔޫއެންޑީޕީ ގަވަނަންސް ޕޯޓްފޯލިއޯ ހިންގުމަށް ޔޫއެންޑީޕީ މޯލްޑިވްސް އާއި ދިވެހި ސަރުކާރުން ސޮއިކޮށްފި.

މާލެ، މާރިޗު 23، 2022: ޔޫއެންޑީޕީ މޯލްޑިވްސް އިން ކުރިޔަށް އޮތް ފަސް އަހަރު ހިންގުމަށް ހަމަޖެހިފައިވާ އިންޓެގްރޭޓެޑް ގަވަރނަންސް ޕްރޮގްރާމްގައި ސޮއިކޮށްފިއެވެ. އަލަށް އެކުލަވާލެވުނު މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އިންސާނީ ހައްގުތަކާއި މިންތީގެ ހަމަހަމަކަމާއި، ޓެކްނޮލޮޖީއާއި ދޯޅު އަދި ކުރިޔާލާ އެކުލަވާލެވޭ ސިޔާސަތުތަކަށް ބާރު އަޅާ، މުސްތަގިއްލު، ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރެވޭގޮތަށް ދައުލަތް ހިންގުމާއި އަދުލުގެ ނިޒާމު ހިންގުމަށް ބާރުއަޅާ ރައްޔިތުންގެ ބާރާއި އިހުތިޔާރު ހިމެނިގެން ހިންގޭ، ހުޅުވާލެވިފައިވާ ދިމިގްރާތީ ނިޒާމެއް ބިނާކުރުމުގެ މައްޗަށެވެ. މި ޕްރޮގްރާމްގެ މައިގަނޑު ލަނޑުދަނޑިއަކީ ދިމިގްރާތީ ހަމަތަކާއި، ދެމެހެއްޓެނިވި، މައުނަވީ އިންސާނީ ތަރައްގީއަށް ބާރުއަޅާ އަގުކުރުންތަކެއްގެ މައްޗަށް ބިނާވެފައިވާ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ދިވެހި ރައްޔިތުންނަށް ހޯދައިދިނުމެވެ.

މި ޕްރޮގްރާމްގެ ބެލެނިވެރި ފަރާތަކީ ދިވެހިރާއްޖޭގެ ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާ އިދާރާތައް ތަމްސީލުކުރާ ބޯޑެކެވެ. މި ބޯޑު ކޯ-ޗެއަރ ކުރައްވަނީ ޔޫއެންޑީޕީއިން ދިވެހިރާއްޖެއަށް ކަނޑަޅުއްވާފައިވާ މަންދޫބު، އެންރިކޯ ގަވޭލިއާއާއި، ދިވެހިރާއްޖޭގެ ބަންޑާރަ ނައިބުއެޓަރނީ ޖެނެރަލް އަލްއުސްތާޛުޒް އިބްރާހީމް ރިފްޢަތާރިއްފަތާއި، މިނިސްޓަރ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއައިޝަތު މުޙައްމަދު ދީދީ އާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ އަފްޝަން ލަތީފެވެ. “އައިޖީޕީގެ ތިންވަނަ މަރުޙަލާފޭޒްއަކީ، އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީން ގުޅިގެން ހާސިލުކުރަން ބޭނުންވާ މުހިންމު ލަނޑުދަނޑިއެއް ކަމަށްވާ އިންސާފުވެރި، ހަމަހަމަ އަދި މަސަލަސް މުޖުތަމަޢެއެއް ބިނާކުރުމަށްޓަކައި ކުރެވޭ މަސައްކަތް އިތުރަށް ފުޅާވެގެންދާނެކުރެވޭނެ މަޝްރޫއުއެއް. މި މައިދާނުގައި ދިވެހިރާއްޖެ ގިނަ ކުރިއެރުންތަކެއް ހޯދާފައިވީނަމަވެސްވާއިރު، ޔޫއެންޑީޕީން އަބަދުވެސް ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެކު ކުރިއަށް ހުރި ހަރުފަތްތައް ގިރާކުރުމަށް ނުހަނު ފަސޭހަވެގެންދާނެ. މިހާރު ފަރުމާކުރެވިފައިވާ ޕްރޮގްރާމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށް، ހެޔޮ ވެރިކަމުގެހިންގުމުގެ ނިޒާމަކަށް ވާސިލުވާން، ދިވެހިރާއްޖޭގެ ޢައަދުލު އިންޞާފުގެ ނިޒާމާއި މަދަނީ ޖަމްޢިއިއްޔާތައް ވަރުގަދަކުރުމަށް ކުރާ މަސައްކަތުގައިގެ ނަތީޖާ ހާސިލުކުރެވޭނެ ޕްރޮގްރާމެއްކަމާއި މެދު އެއްވެސް ޝައްކެއް ނެތް.”. ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ބަންޑާރަ ނައިބުއެޓަރނީ ޖެނެރަލް އަލްއުސްތާޛުޒް އިބްރާހީމް ރިފްޢަތުއްފަތު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއިއެކު ފާއިތުވެ ދިޔަ ދެ އިންޓެގްރޭޓެޑް ގަވަރނަންސް ޕްރޮގްރާމްގައިވެސް ރާއްޖޭގެ ދިމިގްރާތީ ނިޒާމް ހަރުދަނާ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނެވެ. މީގެ ތެރޭގައި ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާކުރުމާއި، ގާނޫނީ ދާއިރާއަށް ދެވުނު އެއްބާރުލުމާއި، މިނިވަން ބާރުވެރި މަދަނީ ޖަމިއްޔާތަކާއި މީޑިއާ އުފެއްދުމަށް ކެނޑިނޭޅި ފޯރުކޮށްދެވުނު އެހީއާއި، ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ދެވުނު ބިނާކުރަނިވި އަދި ދެމެހެއްޓެނިވި އެހީއާއި، އަންހެނުން ބާރުވެރިކުރުވުމަށާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރެވުނު މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން މިޕްރޮގްރާމް ޑޮކިއުމެންޓްގައި ސޮއިކުރައްވާ އަދި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޢާއައިޝަތު މުޙަހައްމަދު ދީދީ ވިދާޅުވިގޮތުގައި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގައި މިންތިއަށް އިސްކަންދިނުމަކީ އަންހެނުންނާއި މުޖުތަމުގައި ހިމެނޭ ނާޒުކު ފަރާތްތަކުގެ ހިއްސާއާއި ބައިވެރިވުން އިތުރުކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެކެވެ. “ތަރައްޤީގެ ބައިވެރިންނާއި، ކަމާއި ބެހޭ އެކި ވުޒާރާތަކާއެކު ވީހާވެސް ގާތުން މަސައްކަތްކުރުމަށް އަޅުގަނޑު އެއްބާރުލުން ދެން. އަދި ވަކީން ޚާއްޞަކޮށް، މުޖުތަމައުގައި އެންމެ އެކަހެރިކުރެވިފައިވާ ފަރާތްތައް ވީހާވެސް ބޮޑަށް ބައިވެރިކުރެވިގެން ސިޔާސަތުތަކާއި މަޝްރޫއުތައް އެކުލަވާލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އަޅުގަނޑު ދެކެން”

ގުޅިގެން ހިންގޭ މި މަޝްރޫއުގައި ދެމެހެއްޓެނިވި ތަރައްގީއަކީ ބައިނަލްއަގުވާމީ ތަރައްގީގެ އެޖެންޑާއާއި އެއް ހަމައަކުން ހިންގާ، ބައިނަލްއަގުވާމީ މިންގަނޑުތަކާއި ރަނގަޅު އުސޫލުތަކަށް ރިއާޔަތްކުރުމާއި، އެކި މުއައްސަސާތަކާއި އެކު މަޝްވަރާކޮށް ވިލަރެސްކުރެވިގެން މަސައްކަތްކުރުމާއި، ދިގު މުއްދަތަކަށް ދެމިގެންދާ ސުލްހައާއި ހަމަޖެހުމަށް މަސައްކަތްކުރާ ހޭލުންތެރި، ބައިވެރިވާ މުޖުތަމައުއެއް ބިނާކުރުން ހިމެނެވެ.

“ލާމަރުކަޒުކުރުމަކީ މި އާ ޕްރޮގްރާމްގެ އެންމެ މައިގަނޑު އެއް ލަނޑުދަނޑިއަށްވުމުގެ އިތުރުން މިއީ މިޕްރޮގްރާމްގެ ހުރިހާ ހަރަކާތެއްގައިވެސް ހިމެނިފައިވާ މުހިއްމު ބަހާއެއް. އެލްޖީއޭއިން އަދިވެސް މަސައްކަތްކުރާނީ ބައިވެރިކުރަނިވި، ދުރާލާ ހެދޭ ސިޔާސަތުތަކާއި، އަމިއްލަ އިޖާދީ ހައްލުތަކުން ގެނެވޭ ތަރައްގީގެ ތެރެއިން މުޖުތަމައު ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތް ވީ އެންމެ ފުރިހަމައަށް ފުޅާކުރުމަށް” އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވިއެވެ.

އަލަށް އިފްތިތާހު ކުރެވިގެންދާ އިންޓެގްރޭޓެޑް ގަވަރނަންސް ޕްރޮގްރާމްގައި ކަމާއިބެހޭ ވުޒާރާތަކުގެ އެއްބާރުލުމާއި އެއްކޮށް ހާސިލުކުރަން ކަނޑައެޅިފައިވާ ނަތީޖާ ތަކަކީ:

 1. ހުޅުވާލެވިި، ލާމަރުކަޒުކުރެވިފައިވާ، އަދި މިންތީގެ ހަމަތަކަށް ބިނާވެފައިވާ ހިންގުމުގެ ނިޒާމެއް ގާއިމުކުރުން

2. އެންމެނަށްވެސް އަދުލުވެރިކަމާއި އެކު ފޯރުކޮށްދެވޭ އިންސާނީ ހައްގުތަކާއި އިންސާފު

3. ބާރުވެރި، ބަދަހި، ވިލުންވެރި މުޖުތަމައުއެއް ބިނާކުރުން.

މި ޕްރޮގްރާމަކީ ޔޫއެންޑީޕީއާއި މިދާއިރާގައި ޝާމިލުވާ އެކި ހިއްސާދާރުންނާއި، އެފަރާތްތަކާއި އެކު ވޭތުވެދިޔަ ތަނުގައި ކުރެވުނު އެކިއެކި މަސައްކަތްތަކާއި އޭގެ ރަނގަޅު ނަތީޖާ ރަމްޒުކޮށްދޭ ޕްރޮގްރާމެކެވެ. އަދި މިޕްރޮގްރާމަކީ ޔޫއެންޑީޕީ ގެ ގައުމީ ޕްރޮގްރާމް ކަރުދާސް 2022 – 2026 ގައި ބަޔާންކޮށްފައިވާ ތަރައްގީގެ އަމާޒުތައް ހާސިލުކުރުމަށް އެޅޭ ހަރުދަނާ ބިންގަލެކެވެ.

“މި އިފްތިތާހުކުރެވޭ އިންޓެގްރޭޓެޑް ގަވަރނަންސް ޕްރޮގްރާމްގެ ސަބަބުން، ޔޫއެންޑީޕީއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި ތަރައްގީގެ މައިދާނުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއި ގުޅުން ބަދަހިކުރެވި، އަވަހަށް ނަތީޖާ ނެރެވިގެން ދާނެ. އަދި ހަމަ އެހެންމެ، ދެމެހެއްޓެނިވި މިންގަނޑެއްގައި، ދަލީލުގެ މައްޗަށް ބުރަވާ، ބައިވެރިކުރަނިވި، ދުރާލާ ހެދޭ ސިޔާސަތުތަކާއި، ލާމަރުކަޒީ ނިޒާމު ބާރުވެރިކޮށް ހަރުދަނާކުރުމަށް ޓަކައި މާލީގޮތުން ލާމަރުކަޒު ކުރެވޭނެ ފަދަ ފުރުސަތުތައް ތަނަވަސްކޮށްދިނުން ނުވަތަ ސިޔާސަތުހެދުމުގައި ބައިވެރިވުން އިތުރުކުރުމާއި އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިކަން އިސްކުރެވޭނެ ފަދަ މާހައުލެއް ހޯދައިދެވޭނެ.” ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންޑީޕީއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު އެންރިކޯ ގަވޭލިއާ ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *