ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ ދާއިރާއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ ދާއިރާތަކުން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް މިއަދު،  2022 ފެބުރުވަރީ  16 ވާ ބުދަ ދުވަހުން ފެށިގެން،  2022 ފެބުރުވަރީ 19 ވާ ހޮނިހިރު ދުވަހުގެ 12:00ގެ ނިޔަލަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި މިދާއިރާތަކުން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާއި ވޯޓުލާ މަރުކަޒުތަކުގެ މަޢުލޫމާތުތައް ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި، މި މިނިސްޓްރީގެ ވެބްސައިޓު (http://gender.gov.mv) އިން ޢާންމުކޮށް ފެންނަން ހުންނާނެއެވެ. 

ރީ-ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ  2022 ފެބުރުވަރީ 16 ވާ ބުދަ ދުވަހުން ފެށިގެން، 2022 ފެބުރުވަރީ 19 ވާ ހޮނިހިރު ދުވަހުގެ 12:00 ގެ ނިޔަލަށް، މި މިނިސްޓްރީގެ އީމެއިލް އައިޑީ disability@gender.gov.mv މެދުވެރިކޮށެވެ. ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ކުރެވިފައި ނުވާނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

މީގެ އިތުރުން، މި އިންތިޚާބުގެ ވޯޓުފޮށި ބަހައްޓާނެ ތަންތަނާއި މިކަމާއި ގުޅުންހުރި މަޢުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި، މި މިނިސްޓްރީގެ ވެބްސައިޓު (http://gender.gov.mv) އިން ވަނީ ޢާންމުކުރެވިފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ހުޅުވާލުން (އިޢުލާންނުކުޅެދުންތެރިކަން ހުންނަ މީހުން)

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު – ވޯޓުފޮށި ބަހައްޓާ ތަންތަން  – ވޯޓުފޮށި ބަހައްޓާ ތަންތަން (އިޢުލާންނުކުޅެދުންތެރިކަން ހުންނަ މީހުން)

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ މަދަނީ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު – ވޯޓުފޮށި ބަހައްޓާ ތަންތަން (އިޢުލާންނުކުޅެދުންތެރިކަން ހުންނަ މީހުން)

16 ފެބްރުއަރީ 2022

Leave a Reply

Your email address will not be published. Required fields are marked *