ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ ޑިސްއެބިލިޓީ އެވޯޑަށް ކުރިމަތިލުމުގެ ފަހު ތާރީޚަކީ 31 ޖުލައި 2016ވާ އާދީއްތަ ދުވަހެވެ. ނަމަވެސް 31 ޖުލައި 2016އަކީ ސަރުކާރު ބަންދުދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ނިންމަވާފައިވާތީ އާއި މި އެވޯޑުގައި އިތުރަށް ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، މިހާރު މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީޚަކީ 4 އޯގަސްޓް 2016ވާ ބުރާސްފަތި ދުވަސްކަމަށް ވަނީ ނިންމާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ ލާބަޔަށް މުޖުތަމަޢުން ކުރަމުންގެންދާ އަގުނުކުރެވޭ މަސައްކަތްތަކުގެ އަގުވަޒަންކުރުމާއި އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ ޑިސްއެބިލިޓީ އެވޯޑަކީ ކޮންމެ 2 އަހަރުން 1 އަހަރު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލުން ގުޅިގެންދޭ އެވޯޑެކެވެ. މިގޮތުން މިއަހަރު ޖުމްލަ 9 ދާއިރާއަކުން ޑިސްއެބިލިޓީ އެވޯޑު ދިނުމަށް ހަމަޖެހިފައިވެއެވެ.

30 ޖުލައި 2016

Leave a Reply

Your email address will not be published. Required fields are marked *