މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ދެއްވާ މެސެޖް

މަސްތުވާތަކެއްޗަކީ ދިވެހިރާއްޖެއަށާއި، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލެވެ. ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް ފަރުވާދިނުމުގެ މަސައްކަތް ކުރެވެމުން އަންނައިރު، މި މަސައްކަތަކީ އަބަދު ތަރައްޤީވެ، އައު ހޯދުން ތަކާއި އެވިޑެންސް ބޭސްޑް އެޕްރޯޗް ބޭނުންކުރަމުން ގެންދަން ޖެހޭ މަސައްކަތެކެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ހަމައެކަނި އެއިރެއްގައި އޮންނަ ސަރުކާރަކުން ކުރައްވާ ކަމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ޢާންމު ފަރުދުންނާއި މުޅި
އިތުރަށް ވިދާޅުވޭ

ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ދެއްވާ މެސެޖް

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ އާއިލާތަކުގެ ދުވަސް. އާއިލާތަކުގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ އާއިލާތަކަށް އަސަރުކޮށްފާނެ އިޖްތިމާއީ، އިގްތިސާދީ އަދި އާބާދީ އާ ގުޅުންހުރި ކަންކަމާ މެދު މުޖްތަމައުގެ މެދުގައި އޮތް ހޭލުންތެރިކަން އިތުރުކޮށް ދުޅަހެޔޮ އަދި ބަދަހި އާއިލާތަކެއް ބިނާކުރުމަށް ބޭނުންވާ މުހިއްމުކަންކަމާ މެދު ކަމާ ގުޅޭ އިދާރާތައް ހިމެނޭ ގޮތުން މުޅި މުޖުތަމައު ހޭލުންތެރިކުރުވުން. އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ އާއިލާތަކުގެ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކޮށްފައި މިވަނީ ވަރަށް ގިނަ
އިތުރަށް ވިދާޅުވޭ

ސަރުކާރުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު މިހާރު ބައްޓަންކުރެވެމުން ދަނީ މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށް، ޢާއިލާއަކަށް އަދި ގޭބިސީއަކަށް ވާސިލުވެވޭނެ ގޮތަށް – މިނިސްޓަރ ޝިދާތާ

ސަރުކާރުގެ އަމާޒަކީ މުޖުތަމަޢުގެ އެއްވެސް ފަރާތެއް ބާކީކުރުމެއް ނެތި، އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުން ކަމަށާއި، އަދި އެކަން މިހާރު ބައްޓަންކުރެވެމުން ދަނީ މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށް، ޢާއިލާއަކަށް އަދި ގޭބިސީއަކަށް ވާސިލުވެވޭނެ ގޮތަށް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ފަރާތުން މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި
އިތުރަށް ވިދާޅުވޭ

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވާ ޚިޠާބު

އައްސަލާމުޢަލައިކުމް. މިއަދަކީ ޤައުމީ ފެންވަރެއްގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަސް! މި ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ރާއްޖޭގެ އެންމެހާ ކުޑަކުދިންނަށް ފޮނުވަން! އަދި މި ދުވަސް މި އަހަރު ފާހަގަކުރެވިގެން މި ދަނީ ބަރަކާތްތެރި ރަމަޟާން މަހުގައި ކަމުން، މި މާތް މައްސަރުގެ ދަރުމައާއި ސަވާބު މިންވަރު ކުރެއްވުން އެދި ދުޢާކުރަން. މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ “ކުޑަކުދިން ބާރުވެރިކުރުވުން”. ކުޑަކުދިންނާ ގުޅުން ހުރި ސިޔާސަތުތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައިވާ
އިތުރަށް ވިދާޅުވޭ