2022ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ ދައްކަވާ ވާހަކަފުޅު

ޙަމްދާއި ޝުކުރުކުރަނީ ޢާލަމްތަކުގެ ވެރި ﷲ ސުބަހާނަހޫ ވަތަޢާލާއަށް. ޞަލަވާތާ ސަލާމް ލެއްވުން އެދި ދުޢާކުރަނީ މި އުންމަތަށް ކައުކުރެއްވި، ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްއަށް. އަދި މި ޞަލަވާތާ ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން. ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު، ނައިބު ރައީސް އަލްފާޟިލް ފައިސަލް ނަސީމު، ދައުލަތުގެ ވަޒީރުން، ޔޫ.އެން.ޑީޕީ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް މިސްޓަރ
އިތުރަށް ވިދާޅުވޭ

ގެވެށި އަނިޔާ ހުއްޓުވުމާއި ގެވެށި ގުޅުމުގެ މުހިއްމުކަމާއި ގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުވައްމުލަކު ސިޓީގައި ފަށައިފި

ފުވައްމުލަކު ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި، ސްކޫލް ތަކުގެ ލިއޭޒަން އޮފިސަރުން އަދި ފުވައްމުލަކު ސިޓީ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ގެވެށި އަނިޔާ ހުއްޓުވުމާއި ގެވެށި ގުޅުމުގެ މުހިންމު ކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ފުވައްމުލަކުގައި މިއަދު ފަށައިފިއެވެ. މި ސެޝަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 03 ދަންފަޅި އަކަށް ބަހާލައިގެންނެވެ. އަދި ސެޝަންތަކުގައި މަޢުލޫމާތު ދެއްވާނީ ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުންނެވެ.މި ސެޝަންގެ މައިގަނޑު މަގްސަދަކީ އަންހެނުންގެ ހައްޤުތަކާއި މިންތީގެ ހަމަހަމަކަން އަދި
އިތުރަށް ވިދާޅުވޭ

ގެވެށި އަނިޔާ ހުއްޓުވުމާއި ގުޅޭ ޙާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފި

  އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް، ބައިނައަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި، ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ހަރުދަނާކުރުމުގެ ގޮތުން “ކޮމްބެޓިންގ ޑޮމެސްޓިކް ވަޔަލެންސް” ގެ ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ގުޅިގެން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދަން ފަށައިފިއެވެ. މި  ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 05-09 ޑިސެމްބަރުގެ ނިޔަލަށެވެ. ތަމްރީނު ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި
އިތުރަށް ވިދާޅުވޭ

މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަށް ގެވެށި އަނިޔާ ހުއްޓުވުމާ ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ އަންހެނުންގެ ކޮމިޓީގެ މެމްބަރުންނަށް ގެވެށި އަނިޔާ ހުއްޓުވުމާއި ގެވެށި ގުޅުމުގެ މުހިންމު ކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް މިއަދު ފަށައިފިއެވެ. މި ސެޝަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 28-30 ނޮވެމްބަރުގެ ނިޔަލަށެވެ. މި ސެޝަންގެ މައިގަނޑު މަގްސަދަކީ އަންހެނުންގެ ހައްޤުތަކާއި ޖެންޑަރ އީކުއަލިޓީ އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމެވެ. ގެވެށި އަނިޔާގެ މައްސަލަތަކަކީ މުޖުތަމަޢުގައި އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ބޮޑު އެއް
އިތުރަށް ވިދާޅުވޭ