ކުޑަކުދިންގެ ހިޔާއަށް ފައިސާ ހޯދުމަށް ކަމަށްބުނެ ލިބެމުންދާ ފޯނު ކޯލުތަކަށް ސަމާލުވުމާ ގުޅޭ

ކުޑަކުދިންގެ ހިޔާއަށް އެހީ ހޯދުމަށް ކަމަށް ބުނެ، ޢާންމުން ފަރާތްތަކަށް ގިނަ ފޯނު ކޯލުތަކެއް ލިބެމުންދާ ކަމުގެ މަޢުލޫމާތު މި މިނިސްޓްރީއަށް ވަނީ ލިބިފައެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ނުވަތަ މި މިނިސްޓްރީގެ މަރުކަޒުތައް ކަމުގައިވާ ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގެ ފަރާތުން އެހީ ހޯދުމުގެ އެއްވެސް ހަރަކާތެއް ފޯނު މެދުވެރިކޮށް ނުވަތަ މުއާޞަލާތީ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކުރިއަށް ނުގެންދާ ވާހަކަ ދަންނަވަމެވެ.

މި ފަދަ ކަންކަމަށް އެންމެހައި ފަރާތްތަކުން ސަމާލުވެލައްވައި، ފޯނު ކޯލާއި އެސްއެމްއެސްއާއި އީމެއިލް، އަދި މި ނޫން ވެސް މުއާޞަލާތީ ވަސީލަތެއް މެދުވެރިކޮށް މި ފަދަ ހަރަކާތެއް އެއްވެސް ފަރާތަކުން  މި މިނިސްޓްރީގެ ނަމުގައި  ހިންގާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފި ނަމަ، ލަސްނުކުރައްވައި އެ ކަމުގެ މަޢުލޫމާތު މި މިނިސްޓްރީއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަންބަރު 3322111އާ ގުޅުއްވައި ޙިއްޞާކުރެއްވުން އެދެމެވެ.

10 ޝަޢުބާން 1439

26  އެޕްރީލް 2018

Leave a Reply

Your email address will not be published. Required fields are marked *