ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު – ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކަމަށް ކުރިމަތިލާފައިވާ ފަރާތުގެ ޝަރުތުހަމަނުވާތީ އާއި ނަފްސާނީ ބަލިތަކާއިބެހޭ ޞިއްޙީ ޙިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުކަމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ މި ދެ ދާއިރާއަށް އަލުން ކުރިމަތިލުމަށް އިއުލާންކުރުން

ތާރީޚް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި،  ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކަމަށް ކުރިމަތިލާފައިވާ ފަރާތުގެ ޝަރުތުހަމަނުވާތީ އާއި ނަފްސާނީ ބަލިތަކާއިބެހޭ ޞިއްޙީ ޙިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުކަމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ މި ދެ ދާއިރާއަށް އަލުން ކުރިމަތިލުމަށް އިއުލާންކޮށްފިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުކަމަށް…

އުރީދޫ މޯލްޑިވްސްއިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޓެބްލެޓްތައް ހަދިޔާކުރުން

ތާރީޚް
އުރީދޫ މޯލްޑިވްސްއިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް 10 ޓެބްލެޓް ހަދިޔާކޮށްފިއެވެ.  މިކަމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ޓެބްލެޓްތަކާއި ހަވާލުވެލެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ އެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން މިނިސްޓްރީއާއި ޓެބްލެޓްތައް ހަވާލުކޮށްދެއްވީ، ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒްއެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ދެއްކެވި ވާހަކަފުޅުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ.…

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު

ތާރީޚް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމަށް ފުރުޞަތު ހުޅުވާލައިފި އެވެ. މިއީ ޤާނޫނު ނަންބަރު: 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އަށް، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންތިޚާބަކަށްވާއިރު ހަތަރު ދާއިރާއަކުން މެމްބަރުން…

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި، ހޯޕް ފޯރ ވިމެންއާއި އެކު އެމްއޯޔޫގައި ސޮއިކުރުން

ތާރީޚް
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި، ހޯޕް ފޯރ ވިމެންއާއި އެކު އެމްއޯޔޫގައި ސޮއިކޮއްފި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި، ހޯޕް ފޯރ ވިމެންއާއި އެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމް.އޯ.ޔޫ) އެއްގައި، ސޮއިކުރައްވައިފި އެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން އެވެ. ހޯޕް ފޯރ ވިމެންގެ…

2022 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި

ތާރީޚް
2022 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި  ރެހެންދި އެވޯޑު 2022 އުސޫލު ރެހެންދި އެވޯޑް 2022  ހުށަހަޅާ ފޯމް   2014ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކޮންމެ އަހަރަކު ދެމުން އަންނަ "ރެހެންދި އެވޯޑު"އަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލެވިފައެވެ. މި އެވޯޑުގެ މަޤްޞަދަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ…

ކ.ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތް ރަނގަޅު ކުރުމަށް މިނިސްޓްރީން އޭޖްޑް ކެއަރ މޯލްޑިވްސް އާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ތާރީޚް
ދައުލަތުގެ ބެލުމުގެ ދަށުން ކ.ގުރައިދޫ ގައި ބަލަހައްޓަމުން ގެންދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ގައި ތިބޭ ދޮށީ އުމުރުގެ މީހުންނަށް ދެވޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން، އޭޖްޑް ކެއަރ މޯލްޑިވްސް އާއެކު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފި އެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި، ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ…