ކައުންސިލްތައް
މިއީ ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކައުންސިލްއެކެވެ. އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކައުންސިލް ޖަވާބުދާރީވާނީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީއަށެވެ. މި ކައުންސިލްގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާގުޅޭގޮތުން އެކަށައަޅާ ސިޔާސަތުތައް ތަންފީޛުވަމުންދާ މިންވަރު ބަލާ، އެކަންކަން ހިންގުވުމެވެ.
ކައުންސިލްގެ މެމްބަރުންނަކީ:
# | ނަން | މަޤާމް |
1 | އަލްފާޟިލް އަޙްމަދު އާތިފް | ކައުންސިލްގެ ރައީސް |
2 | އަލްފާޟިލް އަޙްމަދު މުޙައްމަދު | ކައުންސިލްގެ ނައިބު ރައީސް |
3 | އަލްފާޟިލް މުޙައްމަދު މާޒިން | ކައުންސިލް މެމްބަރ |
4 | ޑރ.އަޙްމަދު ޒިޔާން | ކައުންސިލް މެމްބަރ |
5 | އަލްފާޟިލް އަޙްމަދު ޝަމްވީލް | ކައުންސިލް މެމްބަރ |
6 | އަލްފާޟިލާ ސަމްހާ ނަސީރު | ކައުންސިލް މެމްބަރ |
7 | އަލްފާޟިލާ އިފްހާމް ހުސައިން | ކައުންސިލް މެމްބަރ |
މިއީ އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ދިރާސާކުރުމާއި އެސިޔާސަތު ތަންފީޒުވަމުންދާ މިންވަރު ބަލާ، އެކަންކަން އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި 2014 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކައުންސިލްއެކެވެ. އަދި މި ކައުންސިލް ޖަވާބުދާރީވާނީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީއަށެވެ.
ކައުންސިލްގެ މެންބަރުންނަކީ:
މިއީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ޢާއިލާއެއްގެ ތެރޭގައި ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، އެކުދިން ބެލުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކުދިން ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި 2010 ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އެކުލަވާލާފައިވާ ޕެނަލްއެކެވެ.
ޕެނަލްގެ މެންބަރުންނަކީ:
1. އިފްހާމް ހުސައިން
2. އަކްރަމް ހުސައިން
ކޮމިޓީތައް
މިއީ ޤާނޫނު ނަންބަރު 2016/18 (ޖެންޑަރ އީކުއަލިޓީގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ހުށަހަޅާ ޝަކުވާތައް ބަލާ ފިޔަވަޅު އެޅުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެވެ. މި ކޮމިޓީއަށް ޝަކުވާ ހުށަހެޅޭނެ ފަރާތްތަކުގެ ތެރޭގައި، މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި މަރުކަޒުތަކާއި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ މުވައްޒަފުންނާއި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކާއި ޚިދުމަތް ހޯދާ ފަރާތްތަކުގެ އިތުރުން، ވަޒީފާދޭ އެންމެހައި ފަރާތްތަކުގެ ތެރެއިން އެ އިދާރާއަކަށް ޝަކުވާ ހުށަހަޅައި، ވަޒީފާދޭ ފަރާތުން މައްސަލަ ބަލާފައިވާގޮތާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެ މައްސަލަ އަލުން ބަލަން ބޭނުންވާ ފަރާތްތައް ހިމެނެއެވެ.
މިޤާނޫނުގެ ދަށުން ޝަކުވާ ހުށަހަޅާނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ކައުންޓަރަށް ނުވަތަ complaints@gender.gov.mv އީމެއިލްއަށް، އެކަމަށް ޚާއްސަކޮށްފައިވާ ފޯމުންނެވެ. މިޤާނޫނުގެ ދަށުން ކޮމިޓީއަށް ހުށަހަޅާ ޝަކުވާތައް އެންމެ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބަލާ ނިންމަންވާނެއެވެ.
ކޮމިޓީގެ މެންބަރުންނަކީ:
މި ކޮމިޓީއަކީ ޤާނޫނު ނަންބަރު 2014/16 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުގެ ޤާނޫނު) ގެ ދަށުން ހުށަހެޅޭ ޝަކުވާތައް ބަލާ ތަޙުޤީޤްކުރުމަށާއި ފިޔަވަޅު އެޅުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެކެވެ. މިޤާނޫނުގެ ދަށުން ކޮމިޓީއަށް ހުށަހަޅާ ޝަކުވާތައް އެންމެ ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ބަލާ ނިންމަންވާނެއެވެ. މިޤާނޫނުގެ ދަށުން ޝަކުވާ ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ކައުންޓަރަށް ނުވަތަ hr@gender.gov.mv އީމެއިލްއަށެވެ.
ކޮމިޓީގެ މެމެބަރުންނަކީ:
1. ފަޒްނާ ޝާކިރު
2. އާމިނަތު ޝިރާނީ ނަޢީމް
3. އިބްރާހީމް މުހައްމަދު
މި ކޮމިޓީއަކީ ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން، މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރުގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެފަދަ މައްސަލަތައް ހުށަހެޅުމުން، އެ މައްސަލައެއް ބަލާ މުރާޖަޢާކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއެވެ.
ކޮމިޓީގެ މެންބަރުން:
- އައިޝަތު ރަޝީދު
- އާމިނަތު ޝިފާނާ
- އާމިނަތު ޝިރާނީ ނަޢީމް
މި ކޮމިޓީއަކީ، މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ކުޑަކުދިންގެ ހިޔާ، ފިޔަވަތި އަދި އަމާންހިޔާތަކަށް އެކި ފަރާތްތަކުން ދޭ ފައިސާގެ އެހީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން ޚަރަދުކުރާނެގޮތް ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެކެވެ.
ކޮމިޓީގެ މެމްބަރުންނަކީ:
1. ޝިދާތާ ޝަރީފް
2. އާމިނަތު ޝިފާނާ
3. ފާޠިމަތު ޢައްޒަ
4. އަޙުމަދު ޢިމާދު
5. ޙުދޫދާ ވަޙީދު
މި ކޮމިޓީއަކީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައިވާގޮތުގެ މަތިން މިނިސްޓްރީ އާއި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކާއި މިނިސްޓްރީގެ ދަށުން ޤާއިމްކޮށްފައިވާ މަރުކަޒުތަކަށް ބޭނުންވާ ތަކެއްޗާއި ޚިދްމަތްތައް ހޯދުމަށްޓަކައި ހުށަހަޅާ އަންދާސީހިސާބުތައް ބަލާ، މަސައްކަތް ޙަވާލުކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޤާއިމްކޮށްފައިވާ ކޮމިޓީއެކެވެ.
ކޮމިޓީގެ މެމެބަރުންނަކީ:
1. އައިޝަތު ރަޝީދު
2. އިމްރާން އިބްރާޙިމް
3.އައިމިނަތު މުޙައްމަދު
4. އުނެއިޒާ ޙަބީބް
5. ފާތިމަތު ޒިޔާދާ
މި ކޮމިޓީއަކީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު ތަންފީޛުކުރުމަށާއި ސިވިލް ސަރވިސުން ރައްޔިތުންނަށްދެވޭ ޚިދްމަތް ރަގަޅުކުރުމަށްޓަކައި ޕަރމަނަންޓް ސެކްރެޓަރީއަށާއި ސިވިލް ސަރވިސް ކޮމިޝަނަށް އެހީތެރިވެދިނުމަށް ޤާއިމްކޮށްފައިވާ ކޮމިޓީއެކެވެ.
ކޮމިޓީގެ މެމެބަރުންނަކީ:
1. ޟައުފިޝާން ޢަބްދުﷲ ކަމާލުއްދީން
2. އާމިނަތު ޝިރާނީ ނައީމް
3. އަކްރަމް ޙުސައިން
4. އާމިނަތު ރިޝްމީ އާމިރު
5. އުނައިޒާ ޙަބީބު
6. އަޙްމަދު އިމާދު
7. އައިޝަތު ނާޒު
8. ފާތިމަތު ޝިއުނާ
9. އައިޝަތު އިފާދާ
މި ކޮމިޓީއަކީ، މާލެ އާއި އަތޮޅުތެރޭގައި ޙާލުގައި ޖެހިފައިތިބޭ މީހުންގެ ޙާލަތު ބެލުމަށާއި މޮނިޓަރ ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއެކެވެ.
ކޮމިޓީގެ މެމެބަރުންނަކީ:
1. މުޙައްމަދު ރަޝީދު
2. ފައްޒާ ފުވާދު
3. އާމިނަތު މުޙައްމަދު
4. މުޙައްމަދު ޝިހާމު
5. އާސިޔަތު ނަސޫހާ
6. ނައްވާލު ނޫރައްދީން